ޙައްޤާ ބާޠިލު އެނގި، ޙައްޤަށް ޢަމަލުކުރާ، ބާޠިލާ ދުރުހެލި މީހަކު ކަމުގައި ލެއްވެވެވުން އެދި މިފަދައިން ދުޢާ ކުރައްވާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ޙައްޤާ ބާޠިލު އެނގި، ޙައްޤަށް ޢަމަލުކުރާ، ބާޠިލާ ދުރުހެލި މީހަކު ކަމުގައި ލެއްވެވެވުން އެދި މިފަދައިން ދުޢާ ކުރައްވާށެވެ!

ޙައްޤު މަގު ފެނުނު ކަމުގައިވީނަމަވެސް ޙައްޤު އެއި ޙައްޤުކަމުގައި ޤަބޫލުކުރެވޭނީ އަދި ޙައްޤަށް ތަބަޢަވެވޭނީ އެކަމަށް ﷲ ތަޢާލާ ތައުފީޤް ދެއްވެވުމުންނެވެ! ހަމަ އެއާއިއެކު ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާއި (ބާޠިލް ގޮތާ) ދުރުހެލިވެވޭނީވެސް އެކަމަށް  ﷲ ތަޢާލާ ތައްފީޤް ދެއްވެވުމުންނެވެ. 

ވީމާ އެކަންކަމަށް އެދި މަސައްކަތްކުރުމާއިއެކު ދުޢާކުރަންވާނެއެވެ! 

ދުޢާގެ މާނަ! "ޔާ ﷲ! އަޅަމެންނަށް ޙައްޤު ގޮތް އެއީ ޙައްޤު ކަމުގައި ޤަބޫލުކުރެވި އަދި ޙައްޤު ގޮތަށް ތަބަޢަވުމުގެ ތައުފީޤް އަޅަމެންނަށް ދެއްވަވައިފާނދޭވެ! އަދި އަޅަމެންނަށް ބާޠިލް ގޮތް އެއީ ބާޠިލް ގޮތް ކަމުގައި ޤަބޫލުކުރެވި އަދި އެކަންކަމާ (ބާޠިލް ގޮތާ) ދުރުހެލިވުމުގެ ތައްފީޤް އަޅަމެންނަށް ދެއްވަވާފާނދޭވެ!"

މިއަދު އޮންލައިން