އާރޓިކަލްކިޔުމަށް ހޭދަވާނެކަމަށް ބެލެވެނީ : 3 މިނެޓް, 44 ސިކުންތު
ފަރުހީނުއަކީ މުސްތަޤުބަލަށްޓަކައި ވަރަށްފޮނި އުންމީދެއް ކުރާ މައުސޫމް ކުއްޖެކެވެ. އެއުންމީދު ޙާޞިލްކޮށްދެވުމަށްޓަކައި ފަރުހީންގެ މަންމަ ދަނީ ހުއްޓުމެއްނެތި ދިވެހިންގެ ކިބައިން ސަލާން ޖަހަމުންނެވެ. އެއީ ފަރުހީންގެ ގައަށް ދުވާލަކު ދެ އިންޖެކްޝަން ދެއިރު ޖަހަން ޖެހޭތީއެވެ.
އެގޮތުން އެފަރުވާ އަކީ ޢުމުރުން 14 އަހަރުވަންދެން ކުރަންޖެހޭ ފަރުވާއެއްވީމާ އެފަރުވާ ކުރެވޭނެހާ ތަނަވަސްކަން ފަރުހީންގެ މައިން ބަފައިންނާއި ޢާއިލާގައި އެވަރުގެ ތަނަވަސްކަން ނެތުމުގެ ސަބަބުންނެވެ. އަދި އަހަރަކު 2 ފަހަރު އިންޑިއާއަށް ދާންޖެއެވެ. އަދި މަހަކު އެއްފަހަރު މާލެދާންޖެހެއެވެ. ނަމަވެސް ކޮވިޑް 19ގެ ސަބަބުން ފަރުހީން އަށް މިވަނީ ފޮލޯއަޕް ނުދެވިފައެވެ. ފަރުހީންގެ އިންޖެކްޝަނަކީ ރާއްޖެއިން ލިބޭ އިންޖެކްޝަނެއް ނޫނެވެ. އުންމީދު ކުރަނީ ވީހައި އަވަހަކަށް ފޮލޯއަޕަށް ދިއުމަށެވެ.
މި ފަރުވާ ކުރަންޖެހެނީ ރާއްޖެއިން ބޭރުންކަމުން މިހާ ދިގުމުއްދަތަކު މިފަރުވާ ކުރަންވަނީ ޢާއިލާ ނުކުޅެދިފައެވެ. މިހާރު ފަރުހީން ބޯއެނބުރުމާއި، ގައިގައި ވަރުދެރަވުމާއި، ބީ،ޕީ، ލޯވުމާއި، ހަކުރުވެސް ދައްވަނީ މީ މިހާރު އެމައުޞޫމް ކުއްޖާ ކުރިމަތިލާން ޖެހިފައިވާ ކަންކަމެވެ. އަދި އަދަށް ބޭސްވެސް ވަނީ ކާންޖެހިފައެވެ.
ވީމާ، މި މައުޞޫމް ކުއްޖާގެ އެ އުންމީދު ޙާޞިލް ކޮށްދެއްވުމުގައި ފަރުހީންގެ ޢާއިލާއާއި ތިޔަ އެންމެންވެގެން ފަރުހީން އައު މުޞްތަޤްބަލަށްޓަކައި ދީލަތި އެހީވެދެއްވަމާތޯ؟ މިފަރުވާ ޢުމުރުން 14 އަހަރުވަންދެން ކުރާއިރު ތިންމިލިޔަނެއްހައި ރުފިޔާ ޚަރަދުވާނެ ކަމަށް ޑޮކްޓަރ ވަނީ އިރުޝާދު ދެއްވާފައެވެ.
ވީމާ، ނިކަމެތި ޢާއިލާއަކުން މިވަރުގެ ބޮޑު ހޭދައެއްކުރެވޭނެ ތަނަވަސްކަން ނެތް މިދަނޑިވަޅުގައި ތިޔަ ފަރާތްތަކުގެ ދީލަތި އެހީވެދެއްވަމާތޯ މަޢުޞޫމް ފަރުހީނުގެ އުއްމީދާއި، މުޞްތަޤުބަލަށްޓަކާވެސް އެހީއެއްވެ ދެއްވުން ކީއްތޯއެވެ! މީ އަޅުގަނޑުމެންގެ ޢާއިލާގެ ވަރަށް ބޮޑު އާދޭހެކެވެ.
މިނިކަމެތި މަންމައާއި، ބައްޕަ ހުއްޓުމެއްނެތި ސަލާން މިޖަހަނީ އެ މަޢުޞޫމް ކުއްޖާގެ މުޞްތަޤުބަލަށްޓަކައި ކުރާ އުންމީދު އަޑުއިވޭ ކޮންމެ ފަރާތަކުން ހިތަށްކުރާ އަސަރެއްގެ ބޮޑުކަމުން ނުވެސް ކެވޭ!
"އެމަތިން ހަނދާންވެފައި ކިތަންމެ ފަހަރަކު ބުނޭ މަންމަ ފަރުހީން އަޅޭ ބޮޑުވާނެތަ؟ ނަރުހަކަށް ވެވޭނެތަ؟ މަންމަޔަށް ލިބޭނެތަ އެހައި ބައިވަރު އިންޖެކްޝަން ގަންނަން، ރުފިޔާ ނުލިބެންޏާ ދެން ކޮއްކޮ މަރުވާން ދޫކޮށްލާ މަންމަ ދެން އަނެއްކާ ކޮއްކޮއެއް ހޯދާ އެއިރުން ގާރލްބޭބީ ލިބިދާނެ އަދި މަންމާ އަސްލު ހާދަ ވަރަކަށް ތަދުވޭ ހުރިހާ ހުޅުތަކަށް ދެން އަބަދު ފަރުހީނު ނިދަންޖެހޭނީ ބޭސްކައިގެން އިންޖެކްޝަން ޖަހައިގެންދޯ މަންމާ އަސްލު ވަރަށް ބޮޑަށް ބުރަވޭދޯ މަންމާ ހިނގާ ހުއްޓާލަމާ"
ދަރިފޫޅު މިފަދަ އެއްޗެހި ކިޔާއިރު މަޔަކު ހިތަށް އަރާނެ އަސަރު ވިސްނަވާލައްވާ!
އަޅުގަނޑު އަބަދުވެސް ފަރުހީނު އަށް ވިސްނައިދެމެވެ!
"ދަރިފުޅާ މީ މަންމަގެ ވަރަށްބޮޑު އަމާނާތެއް ވަރަށް ބޮޑު ވާޖިބެއް މަންމަ އެންމެ ފަހުނޭވާއާއި ޖެހެންދެންވެސް މަންމަ ޙައްޤު ގޮތުގައި ދަރިފުޅަށްޓަކައި، މަސައްކަތް ކުރާނަން އިންޝާ ﷲ ދަރިފުޅާ ﷲ އިމްތިޙާން ކުރިމަތި ކުރައްވަނީ ވަރަށް ކެތްތެރީންނަށް މީވެސް އެފަދަ އިމްތިޙާން މަންމަ މިކަމުން ފާސްވޭތޯ ﷲގެ މަގުގައި ސާބިތުވެ ހުރުމުގެ ނަސީބު ﷲ ދެއްވާނެކަން މަންމަ އަބަދުވެސް ހަނދާން ކުރަން މަންމަ އަބަދުވެސް ސާބިތުވެ ހުންނާނީ އެކަލާނގެ ރަޙްމަތްފުޅާ އެއްކޮށް އެކަލާނގެ ވޮޑިގެންވާނެ ކެތްތެރިންނާ އެއްކޮށް މަންމަ ހުއްޓުމެއްނެތި މިކުރާ މަސައްކަތާއި ދުޢާ އެކަލާނގެ އައްސަވާ ބައްލަވާ ވޮޑިގެންވޭ ދަރިފުޅާ ކެތްތެރިވޭ ދަރިފުޅުގެ ތިޔަފޮނިފޮނި އުންމީދު ޙާޞިލު ކުރުމުގައި ﷲ ތަޢާލާގެ ބަރަކާތާއި، ދަރުމަ މިނިކަމެތި މަންމަ މިކުރާ އާދޭސް މިޖަހާ ސަލާން ނަޞްރާއި، ކާމިޔާބާއި، ފަލާހް މިންވަރު ކޮށްދެއްވާނެ އިންޝާ ﷲ"
އިންޑިއާގެ ކިމްސް ހޮސްޕިޓަލްގެ ލަފައާއި އެއްގޮތަށް ފަރުޙީނުގެ ޢާއިލާއިން ދަނީ ވީހާވެސް އަވަހަކަށް ފަރުހީން ގޮވައިގެން އިންޑިޔާއަށް ދިއުމަށް މަސައްކަތް ކުރަމުންނެވެ. އެހެންނަމަވެސް ކޮވިޑްގެ މިޙާލަތުގައި އިންޑިއާގައި ގިނަދުވަސްތަކެއް ހޭދަކުރަންޖެހުން އެއީވެސް ޢާއިލާގެ ކަންބޮޑުވުމެކެވެ. ފަރުޙީނުގެ ޢާއިލާއިން އެދެނީ ފަރުހީންއަށް ބޭނުންވާ ބޭސްފަރުވާއަށް ތިއަބޭފުޅުންގެ ދީލަތި އެހީއެހީތެރިކަމަށެވެ.
ނަސްވާގެ ފޯން ނަންބަރު: 9968215
ނަސްވާގެ އެކައުންޓް ނަންބަރު؛ 7730000190827
Advertisement
19 ޖެނުއަރީ 2021