އދގެ މައި މަރުކަޒުގަ ފަލަސްޠީނުގެ ދިދަ ނެގުމަށް 119 ޤައުމަކުން ތާއީދުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 52ސ
އދގެ މައި މަރުކަޒުގަ ފަލަސްޠީނުގެ ދިދަ ނެގުމަށް 119 ޤައުމަކުން ތާއީދުކޮށްފި
އދގެ މައި މަރުކަޒުގަ ފަލަސްޠީނުގެ ދިދަ ނެގުމަށް 119 ޤައުމަކުން ތާއީދުކޮށް ވޯޓުދީފިއެވެ.

ބުރާސްފަތި ދުވަހު، މިކަމަސްޓަކައި އދގެ މައި މަރުކަޒުގައި ނެގި ވޯޓުގައި ދެކޮޅަށް ވޯޓުދީފައިވަނީ އިޒްރޭލާއި އެމެރިކާ އަދި އޮސްތްރޭލިއާ އާއި ކެނެޑާގެ އިތުރުން އެމެރިކާގެ ބެލެނިވެރިކަމުިގެދަށުގައި އޮންނަ ކުދިކުދި 4 ޤައުމަކުންނެވެ.

45 ޤައުމަކުން ވަކިކޮޅަކަށް ވޯޓުދީފައެއް ނުވެއެވެ.

ޔޫރަޕަށް ބަލާއިރު ފްރާންސް އާއި ސްވިޑްން އިން ވޯޓު ދީފައިވަނީ ޤަރާރަށް ތާއީދުކޮށެވެ. ޖަރުމަން، އޮސްޓްރިއާ ފިންލޭންޑް ފަދަ ބައެއް ޤައުމުތަކުން ވަކިއަތަކަށް ވޯޓުދީފައެއް ނުވެއެވެ.

ޤަރާރު ފާސްވިއަ ނުދިނުމަށް އިޒްރޭލާއި އެމެރިކާ ގުޅިގެން ވަރުގަދައަށް ކެމްޕޭނުތަކެއް ކުރަމުން ދަނިކޮށް މިހައި ބޮޑު ތާއީދަކާއިއެކު ޤަރާރު ފާށްކުރެވުމަކީ ފަލަސްޠީނަށް ދުނިޔޭގެ ތާއީދު އިތުރުވަމުން އަންނަ މިންވަރު އަންގައިދޭ ކަމެއްގެ ގޮތުގައި ފަލަސްޠީނުން އދ އަށް ކަނޑައަޅާފައިވާ މަންދޫބު ރިޔާޟް މަންސޫރު ވަނީ ފާހަގަކުރައްވާފައެވެ.

ބައެއް ޤައުމުތަކުން ބުނެފައިވަނީ އިޒްރޭލުގެ އަނިޔާވެރިކަން ބޮޑުކަމާއި އައްގަދަކުރުމުގެ ސަބަބުން ފަލަސްޠީނު މިހާރު ވަނީ ނަރަކައަކަށް ހަދާފައި ކަމަށެވެ.
މިއަދު އޮންލައިން