މަދީނާގެ ޙަރަމްފުޅު ސަރަހައްދުގައި އިސްލާމް ދީން އުގަންނައިދޭ އިތުރު ކޮލެޖެއް ހުޅުވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
މަދީނާގެ ޙަރަމްފުޅު ސަރަހައްދުގައި އިސްލާމް ދީން އުގަންނައިދޭ އިތުރު ކޮލެޖެއް ހުޅުވައިފި
ކައު އިތުރު ރަސޫލާ މުޙައްމަދު (ޞޢވ)ގެ މިސްކިތްކޮޅު، މަސްޖިދުއްނަބަވީގެ ސަރަހައްދުގައި އިސްލާމް ދީން އުނދަންނައިދޭ އިތުރުކޮލެޖެއް ހުޅުއްވައިފިއެވެ.

މަދީނާގެ ގަވަރުނަރު ޕްރިންސް ފައިޞަލް ބިިން ސަލްމާން ހުޅުއްވައި ދެއްވި މި ކޮލެޖަކީ ހައްޖަށްދާ މީހުންނަށް އިސްލާމް ދީނާއިމެދު ޞައްޙަ މައުލޫމާތު އުނގަންނައިދިނުމަށާއި ބައިނަލްއަޤްވާމީ އަދި ސައުދީ ދަރިވަރުންނަށް ޚާއްޞަކޮށްގެން ހުޅުއްވައިދެއްވި ކޮލެޖެކެވެ.

ސައުދީ ރަސްގެފާނުގެ ފަރާތްޕުޅުން ދެ ހަރަމްފުޅުގެ ކަންކަން ބެލެހެއްޓެވުުމަށް އެންމެ އިސް ރިޔާސީ ވެރިއެއްގެ ގޮތުގައި އައްޔަނު ކުރައްވަވާފައިވާ ފަޟީލަތުއްޝައިޚް ޢަބްދުއްރަޙްމާން އަލްސުދައިސް ވިދާޅުވީ މިފަދަ ކޮލެޖެއް ހުޅުުއްވައި ދެއްވުމުގެ މަޤްޞަދަކީ ބައިނަލްއަޤްވާމީ އަދި ސައުދީ ދަރިވަރުންގެ ހިތްތަކުގައި އިސްލާމް ދީނަށް ލޯބި ޖެއްސެވުންކަމަށެވެ. އަދި މިފަދަ ކޮލެޖެއްގެ ސަބަބުން ސައުދީ ދަރިވަރުންނާއި ބައިނަލްއަޤްވާމީ ދަރިވަރުންގެ މެދުގައި ގުޅުން އިތުރަށް ބަދަހިވެގެންދާނެ ކަމަށެވެ.

އަލްސުދައިސް ވިދާޅުވީ ތަފާތު ބަސްތަކުން ވާހަކަ ދައްކާ ދަރިވަރުން އެއްތަނެއްގައި ކިޔަވަން އުޅުމަކީ ދަރިވަރުންނަށް އިތުރު ފައިދާ ކުރާނެ ކަމެއް ކަމަށެވެ. އަދި މިކޮލެޖުގައި ވެސް އުނގަންނައި ދޭނީ އެޑިޔުކޭޝަން މިނިސްޓްރީން ކަނޑައަޅާފައިވާ މުޤައްރަރުތަކަށް ކަމަށް ވެސް އަލްސުދައިސް ވިދާޅުވިއެވެ.
މިއަދު އޮންލައިން