މިސުރުގެ ސަރުކާރު ކޮރަޕްޝަން ހާއްޔަކަށްވެ ގޮތް ހުސްވުމުން އިސްތިއުފާ ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 51ސ
މިސުރުގެ ސަރުކާރު ކޮރަޕްޝަން ހާއްޔަކަށްވެ ގޮތް ހުސްވުމުން އިސްތިއުފާ ދީފި
މިޞުރުގެ ސަރުކާރުގެތެރޭގައި ކޮރަޕްޝަންގެ މައްސަލަތައް އިތުރުވެ ކޮރަޕްޝަންގެ ހާއްޔަކަށްވުމުން ގޮތް ހުސްވެގެން އިސްތިއުފާދީފިއެވެ.

މިމައްސަލަތައް މިހިސާބަށް މިދިއައީ މިދިއަ ހޯމަ ދުވަހު އެގްރިކަލްޗަރ މިނިސްޓަރ، ޞަލާޙް އަލް ދިން ކޮރަޕްޝަން މައްސަލަތަކަކާއި ގުޅިގެން ބަންދުކުރުމުންނެވެ.

ރައީސް އަލްސިސީގެ އޮފީހުން ހޮނިހިރު ދުވަހު ބުނެފައިވަނީ ބޮޑުވަޒީރު އިބްރާހީމް މަހްލިބް އާއި ހުރިހައި ވަޒީރުންގެ އިސްތިއުފާ ޤަބޫލުކުރާ ކަމަށާއި ނަމަވެސް އައު ކެބިނެޓެއް އެކުލަވައިލެވެންދެން މަޤާމުތަކުގައި ތިބޭނެ ކަމަށެވެ.

އަލްސިސީ މިހާރު ވަނީ ތެލާއިބެހޭ ވަޒީރު ޝަރީފް އިސްމާޢީލްއަށް އެއް ހަފްތާ ތެރޭގައި އައު ކެބިނެޓެއް އެކުލަވައިލުމަށް އަންގައިފައެވެ. ބައެއް ރިޕޯޓްތައް ބުނާ ގޮތުން އައު ބޮޑުވަޒީރަކަށް އައްޔަނުކުރާނީ ތެލާއި ބެހޭ ވަޒީރެވެ.

ކޮރަޕްޝަންގެ މައްސަލަތައް މިޞުރު ސަރުކާރުގެ ތެރޭގައި އިންތިހާއަށް ގޮސްފައިވާ އެތައް ޒަމާނެއް ވެއްޖެއެވެ. އަލްސިސީ ބުނަނީ އޭނާ މަސައްކަތްކުރަނީ ކޮރަޕްޝަން ހުއްޓުވުމަށް ކަމަށެވެ. ނަމަވެސް މިޞުރުގެ ރައްޔިތުންގެ ތާއީދު އަލްސިސީއަކަށް ނެތެވެ. ވެރިކަމުގައި ހުރީ ސިފައިންގެ ބާރުތައް ބޭނުންކޮށްގެންނެވެ.

އަލްސިސީ ބުނަނީ ޤައުމަށް ބޮޑެތި ބިޔަ އިންވެސްޓްމަންތްތައް ގެންނަން ބޭނުން ކަމަށެވެ. ނަމަވެސް ކޮރަޕްޝަނާއި ދާޚިލީ މައްސަލަތައް ބޮޑުކަމުން ދުނިޔޭގެ ބޮޑެތި ކުންފުނިތަކުން ގެންދަނީ މިޞުރަށް ރަތް ކާޑު ދައްކަމުންނެވެ.

މިޞުރަކީ އަރަބި ދުނިޔޭގައި އެންމެ އާބާދީ ބޮޑު ޤައުމެވެ. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެއް ނުބާއްވާތާ އަހަރުތަކަކަށްފަހު އަންނަ މަހު އިންތިޚާބު ބާއްވާނެ ކަމަށް ބެލެވުނު ނަމަވެސް އެކަން ދާނެ ގޮތަކާއިމެދު ދުނިޔެ ދަނީ ސުވާލު އުފައްދަމުންނެވެ.

މިޞުރުގައި ރައްޔިތުން އިންތިޚާބުކުރި ފުރަތަމަ ރައީސް މަޤާމުން ވަކިކޮށް ޖަލަށްލުމަށްފަހު މިޞުރުގައި ހިންގަމުންދާ ކަންކަން ބަލައިގަތުމަށް ދުނިޔެ ދަނީ ދެކޮޅު ހަދަމުންނެވެ.

މިޞުރަށް ލިބެމުންދާ ހުރިހައި ފައިސާއެއްހެން އަސްކަރިއްޔާއަށް ޚަރަދުކުރަމުން ގޮސް ޤައުމު ވަނީ ބަނޑަށް ޖެހުމުގެ މަތީގައެވެ. ސައުދިއަރަބިޔާ އާއި ޔޫއޭއީ ، ޤަތަރު ފަދަ ޤައުމުތަކުން ބިލިއަނުން ކޮންމެ އަހަރަކު ޑޮލަރު ނުދޭނަމަ މިހާރު މިޞުރުގައި އޮންނާނީ ހައިހޫނުކަން ޢާންމުވަފައި ކަމަށް އިޤްޠިޞާދީ މާހިރުން ގެންދަނީ ވިދާޅުވަމުންނެވެ.
މިއަދު އޮންލައިން