މަރުވި ޙައްޖުވެރިންގެ ތެރޭގައި ޕާކިސްތާނުގެ 11، އިންޑިއާގެ 11، އަދި 2 އިނގިރޭސިން ހިމެނޭ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 40ސ
މަރުވި ޙައްޖުވެރިންގެ ތެރޭގައި ޕާކިސްތާނުގެ 11، އިންޑިއާގެ 11،  އަދި 2 އިނގިރޭސިން ހިމެނޭ
ހަރަމްފުޅު ސަރަހައްދުގައި މަސައްކަތްކުރަން ބާއްވާފައި އޮތް ކްރޭނެއް ފުރޮޅައިލައިގެން ހުކުރު ދުވަހު މަރުވި ޙައްޖުވެރިންގެ ތެރޭގައި ޕާކިސްތާނުގެ 11 ހައްޖުވެރިނާއި، އިންޑިއާގެ 11 ހައްޖުވެރިނާއި އަދި އިނގިރޭސި ވިލާތުގެ 2 ހައްޖުވެރިން ހިމެނޭކަން އެޤައުމުތަކުން ކަށަވަރުކޮށްދީފިއެވެ.

އެ ޤައުމުތަކުން މިކަން ކަށަވަރުކޮށްދީފައިވަނީ މިނާއަށް ގޮސް މޯޗަރީން އެމީހުންގެ ހަށިތައް ބެލުމަށްފަހުގައެވެ.

މިމީހުންގެ ހަށިތައް ފާހަގަކުރީ ސައުދީ ސަރުކާރުން ހާމަކުރި ފޮޓޯތައް ބެލުމަށްފަހު އެމީހުންގެ ޢާއިލީން މޯޗަރީއަށް ގޮސް ހަށިތައް ބަލައިގެންނެވެ.

ސައުދި ސަރުކާރުން ވަނީ މަރުވިކަމަށް ބެލެވޭ 108 މީހެއްގެ ފޮޓޯ ހާމަކޮށްފައެވެ.

އިނގިރޭސި ވިލާތުން ހައްޖުވުމަށް މިހައިތަނަށް 10،000 މީހުން މައްކާއަށް އައިސްފައިވާކަމަށް ބެލެވޭއިރު އަދި އިތުރު 10،000 މީހުން ކުރިއަށް އޮތް ހަފްތާގައި އަންނާނެ ކަމަށް ވަނީ ބެލެވިފައެވެ.
މިއަދު އޮންލައިން