ގިނަ އަދަދެއްގެ ހަތިޔާރާއި ހަށިގަނޑުގައި ހަރުކޮށްގެން ޖާނުން ފިދާވުމަށް ބޭނުންކުރާ "ބޮން" ބެލްޓަކާއިއެކު ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛުން ޓެރަރިސްޓުންތަކެއް އަތުލައިގެންފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނެފައިވަނީ މިތަކެއްޗާއި މީހުން އަތުލައިގަތީ އަންގާރަ ދުވަހު ސަލާމަތީ ބާރުތަކުން ހިންގި ތަފާތު ދެ އޮޕަރޭޝަނެއްގައި ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ އަތުލައިގަތީ އުމުރުން 21 އަހަރުގެ ސަޢީދު އަލްޒަހްރާނީ އާއި އުމުރުން 19 ވަނަ އަހަރުގެ މުޙައްމަދު އަލްޒަހްރާނީ ކަމަށެވެ.
މިރެއިޑްތަކުގައި ގިނަ އަދަދެއްގެ ފައިސާ އާއި އައިޑެންޓިޓީ ކާޑު ބަދަލުކުރާ މެޝިނެއްވެސް ހިމެނެއެވެ.
މިއަހަރު ތެރޭގައި އައިއެސްއަށް ނިޞްބަތްވާ ބައަކު ވަނީ ޖާނުން ފިދާވެގެން 3 މިސްކިތެއްގައި ބޮންގޮއްވައި އެތައް ބައަކު ޝަހީދުކޮށްފައެވެ.
އައިއެސްގެ ހަނގުރާމަވެރިން ގެންދަނީ ސަލާމަތީ ބާރުތަކަށް ވެސް ހަމަލާ ދެމުންނެވެ.