އިންޑިއާގައި ޑޭންގޫގެ ބިރު ބޮޑުވެއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
އިންޑިއާގައި ޑޭންގޫގެ ބިރު ބޮޑުވެއްޖެ
އިންޑިއާގެ ވެރިރަށް ނިޔުދިއްލީގައި 1900 އަށްވުރެ ގިނަ މީހުންނަށް ޑެންގޫ ޖެހި 11 މީހުން މަރުވެފައިވާއިރު މިހާރު ޕަންޖާބް އަދި ހަރިޔާނާގައިވެސް ޑެންގޫ ފެތުރެން ފަށައިފިއެވެ.


ރިޕޯޓްތައް ބުނާ ގޮތުން މި ދެ ސްޓޭޓްގައި މިހާރު ޑެންގޫ ޖެހުނު މީހުންގެ އަދަދު 1400އަށްވުރެ ގިނައެވެ. އަދި ދެމީހަކު ވަނީ މަރުވެފައެވެ.


އިންޑިއާ އިން ބުނެފައިވަނީ މިއީ ފައިތުވި 5 އަހަރުތެރޭގައި ޑެންގޫ ފެތުރުމުގެ ރެކޯޑެއް ކަމަށެވެ. ސަރުކާރުން މިހާރު ވަނީ ދިއްލީގެ ހޮސްޕިޓަލުތަކުގައި އިތުރު 1000 އެނދު ހަމަޖައްސައިފައެވެ.


ވެރިރަށް ނިޔު ދިއްލީގައި މިހައި ގިނަ އަދަދަކަށް ޑެންގޫ ފެތުރުމުން ސަރުކާރުން ވަނީ ކަންބޮޑުވުން ހާމަކޮށްފައެވެ. އަދި ބައްޔަކީ ފުރަމާނައަށް ނުރައްކާކުރާ ބައްޔަކަށްވާތީ ބަލި ކޮންޓްރޯލުކުރުމަށް އަޅަންޖެހޭ ފިޔަވަޅުތައް ސަރުކާރުން ގެންދަނީ އަޅަމުންނެވެ.
މިއަދު އޮންލައިން