މެކްސިކޯގަ ކާރު ނުދުއްވާ ދުވަސް ފާހަގަކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 42ސ
މެކްސިކޯގަ ކާރު ނުދުއްވާ ދުވަސް ފާހަގަކޮށްފި
މިމަހުގެ 20 ވަނަ ދުވަހަކީ މަގުތަކުގައި ކާރު ނުދުއްވާ ދުވެހެއްގެ ގޮތުގައި މެކްސިކޯގެ ގިނަ ބައިތަކެއްގައި ފާހަގަކޮށްފިއެވެ.

އެމެރިކާގެ ބައެއް ސަރަހައްދުތަކުގައި ކާރު ނުދުއްވާ ދުވަހެއްގެ ގޮތުގައި މިމަހުގެ 22 ވާ އަންގާރަ ދުވަސް ފާހަގަ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

މިހަރަކާތް އިންތިޒާމުކުރާ ފަރާތުން ބުނަނީ ދުނިޔޭގެ ޙާލަތަށް ބަލާއިރު މިހާރުވެސް 1 ބިލިއަނަށްވުރެ ގިނަ ކާރު ބޭނުންކުރާ ކަމަށާއި އެހުރިހައި ކާރުތަކުންވެސް ދަނީ ކޮންމެ ދުވަހަކު ޖައްވަށް އެތައް ބައިވަރު ވިހަ ގޭސްތައް ބޭނުންކުރަމުން ކަމަށެވެ. އެހެން ކަމުން 1 ބިލިއަން ކާރު އެންމެ ދުވަހަކަށް ނަމަވެސް ހުއްޓުވައިލެވިއްޖެ ނަމަ އެއީ ތިމާވެށްޓަށް ކުރެވޭ އަގު ނުކުރެވޭ ވަރުގެ ޚިދުމަތަކަށް ވާނެ ކަމަށެވެ.

މެކްސިކޯ ސިޓީގައި ކާރު ނުދުއްވާ ދުވަސް ފާހަގަކުރުމުގެ ގޮތުން ގިނަ ބައަކު ވަނީ އެދުވަހު ބައިސްކަލް ދުއްވައިފައެވެ.
މިއަދު އޮންލައިން