ގަޑި އަހްމަދު ފަހަތުން ގޫގްލްސް އާއި ފޭސް ބުކް ދުވަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 17ސ
ގަޑި އަހްމަދު ފަހަތުން ގޫގްލްސް އާއި ފޭސް ބުކް ދުވަނީ
އަމިއްލައަށް ގަޑިއެއް ހެދުމަށްފަހު ޓީޗަރަށް ދައްކައި ޓީޗަރުގެ ތާއީދުމުގެ ބޭނުމުގައި ސްކޫލަށް ގަޑި ގެންދިއުމުން ޓެރަރިސްޓަކަށް ހަދައި ހައްޔަރުކުރި އަހްމަދު މުޙައްމަދު ގެ ފަހަތުން ގޫގްލްސް އައި ފޭސްބުކް އިން ދުވަން ފަށައިފިއެވެ.

ގޫގްލްސް އިން އިންތިޒާމުކޮށްގެން ބޭއްވި ސައިންސް ފެއަރ އަށް އަހްމަދަށް ދައުވަތު ދިނީ ޚާއްޞަ މެހްމާނެއްގެ ގޮތުގައެވެ. އެތަނަށް ދިއުމުން އިސްތިޤްބާލުކޮށް މަރުޙަބާކީ ގޫގްލްސްގެ އެންމެ އިސް ވެރިންނެވެ. ހިއްސާދާރުންނެވެ.

ފޭސްބުކް ގެ ވެރިން އަހްމަދަށް ވަނީ ދައުވަތުދީފައެވެ. އަހްމަދާއި ބައްދަލުކޮށް މަޝްވަރާކުރަން ބޭނުންވެގެންނެވެ.

ބަރަކް އޮބާމާ އަހްމަދަށް ދައުވަތު ދެއްވީ ގަޑި ހިފައިގެން އައުމަށެވެ. އަހްމަދު މިނިވަންވި ނަމަވެސް ގަޑި އަދިވެސް ބަންދުގައިވާތީ އެކަމަށް ދަތިތަކެއް އަހްމަދަށް އެބަހުއްޓެވެ.

އޮސްޓްރޭލިޔާގެ އޭބީސީ ނިޔުސް އަށް ބުދަ ދުވަހު ހެނދުނު ދިން އިންޓަރވިޔުއެއްގައި އަހްމަދު ބުނީ އޭނާގެ ހިތްވަރު ނުއެލޭ ކަމަށާއި އޭނާ ދާނީ ކުރިއަށް ކަމަށެވެ. އެވަގުތު އަހްމަދު އަތުގައި އޮތީ ކޮން އެއްޗެއްތޯ ސުވާލުކުރުމުން ދައްކައިލީ ކޮންމެވެސް އެއްޗެއް އުފައްދަން ގެންގުޅުނު ބައެކެވެ. އަހްމަދު ބުނީ އެމަސައްކަތާއި އޭނާ ދުރު ނުކުރެވޭނެ ކަމަށެވެ.

އަޙްމަދު ދެރަކޮށް ނިކަމެތިކޮށްލަން ކުރި މަސައްކަތުގެ ނަތީޖާއަކަށްވެގެން ދިއައީ މުޅި ދުނިޔޭގެ "ސްޕަރ ސްޓާރ"އަކަށްވެ އެންމެންގެ ސަމާލުކަން އޭނާއަށް ލިބުމެވެ.
މިއަދު އޮންލައިން