އެމެރިކާގަ ފުރަތަމަ ފަހަރަށް ޢީދު ދުވަސް ބަންދުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 26ސ
އެމެރިކާގަ ފުރަތަމަ ފަހަރަށް ޢީދު ދުވަސް ބަންދުކޮށްފި
އެމެރިކާގައި ފުރަތަމަ ފަހަރަށް މުސްލިމުންގެ ޢީދު ދުވަހާއި ގުޅިގެން 1 ދުވަސް ބަންދުކޮށްފިއެވެ.

އެމެރިކާގެ ނިވްޔޯކުގައި ޢީދާއި ގުޅިގެން ބުރާސްފަތި ދުވަހަކީ ސްކޫލް ބަންދު ދުވަހެއްގެ ގޮތުގައި ހަމަޖެއްސުމުން 1.1 މިލިއަން ދަރިވަރުންނަށް އެކަމުގެ ފައިދާ ކުރާނެއެވެ.

ޔަހޫދި ބަންދު ދުވަސްތަކާއި ކްރިސްޓިއަން ބަންދު ދުވަސްތަކުގައި ސްކޫލްތައް ބަންދުކުރާ ފަދައިން ނިވް ޔޯކުގެ ގަވަރުނަރު މިހާރު ނިންމަވާފައިވަނީ މުސްލިމުންގެ ދެ ޢީދު ދުވަސް ވެސް ސްކޫލްތައް ބަންދުކުރާ ގޮތަށެވެ.

މުސްލިމުންނާއިމެދު އެމެރިކާގައި ގެންގުޅޭ ތަފާތުކުރުންތަކަށް ބަލާއިރު މިއީ ކިތަންމެ ކުޑަ ކުރިއެރުމެއް ނަމަވެސް މުސްލިމުންނަށް މިކަމުން ވަނީ ކޮންމެވެސް ވަރެއްގެ ހިތްވަރެއް ލިބިފައެވެ. އަންނަ ފެބްރުއަރީ މަހުގެ 8 ވަނަ ދުވަހަކީ މުސްލިމުންގެ އައު އަހަރު ދުވަހުގެ ގޮތުގައި ސްކޫލްތައް ބަންދުކުރުމަށްވެސް ގަވަރުނަރު ވަނީ ނިންމަވައިފައެވެ.

އެމެރިކާގައި 10 މިލިއަން މުސްލިމުން އުޅޭ ކަމަށް ބެލެވޭއިރު އެއިގެ ތެރެއިން 1 މިލިއަން މުސްލިމުން ދިރިއުޅެނީ ނިވްޔޯކުގައެވެ. މީގެ ކުރިން މުސްލިމް ބެލެނިވެރިންނަށް ޖެހެނީ އެފަދަ ދުވަސްތަކުގައި ސްކޫލަށް ނުފޮނުވައި ކްލާސްތަކުން މަހްރޫމް ކުރުވާށެވެ.

ނިވް ޔޯކުގެ މިނިންމުމާއި ގުޅިގެން އެހެން ބައެއް ސިޓީތަކުންވެސް ވަނީ ނިވް ޔޯކުގެ މިނިންމުމަށް އިޙްތިރާމްކޮށްފައެވެ. އެކްޓިވިސްޓުން މަސައްކަތް ކުރަމުން ގެންދަނީ މުޅި އެމެރިކާއަށް މިކަން ޢާންމުކުރެވޭތޯއެވެ.

އެމެރިކާއިން މުސްލިމުން ފިއްތަމުން ގެންދަނީ ދުނިޔޭގެ ކަންކޮޅުތަކުގައި ހިންގާ ޓެރަރިޒަމްގެ އަމަލުތައް އައްޑަނައަކަށް ހަދައިގެންނެވެ. ނަމަވެސް ހަޤީޤަތުގައި މުސްލިމުން މެދުވެރިކޮށް ދުނިޔޭގައި ޓެރަރިޒަމް ފަތުރުވަނީ އެމެރިކާ ކަމަށް ގިނަ ބައަކު ޤަބޫލުކުރެއެވެ.
މިއަދު އޮންލައިން