ނުފޫޒަށް ކެތް ނުކުރެވިގެން އަލްސިސީ، އަލްޖަޒީރާގެ 2 ރިޕޯޓަރުންނާ އެކްޓިވިސްޓަކު މިނިވަންކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ނުފޫޒަށް ކެތް ނުކުރެވިގެން އަލްސިސީ، އަލްޖަޒީރާގެ 2 ރިޕޯޓަރުންނާ އެކްޓިވިސްޓަކު މިނިވަންކޮށްފި
ވަށައިގެން އޮހެމުންދާ ނުފޫޒުތަކަށް މިޞުރުގެ އަލްސިސީއަށް ކެތް ނުކުރެވި ގޮތް ހުސްވުމުން އަލްޖަޒީރާގެ 2 ރިޕޯޓަރުންނާއި އެކްޓިވިސްޓަކު މިނިވަންކޮށްފިއެވެ.

3 އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުންގެންދާ އަލްޖަޒީރާގެ 2 ރިޕޯޓަރުން ކަމަށްވާ ކެނެޑާއަށް ނިޞްބަތްވާ މުޙައްމަދު ފަހުމީ އާއި ބާހިރު މުޙައްމަދު އަދި ބަންދުކޮށްފައި ހުރި އެކްޓިވިސްޓެއް ކަމަށްވާ ސަނާ ސައިފު ބުދަ ދުވަހު މިނިވަން ކުރީ އީދާއި ގުޅުވައިގެން 100 މީހުންނަށް ދިން ދީލަތި މައާފެއްގެތެރެއިންނެވެ.

ދޮގު ޚަބަރު ފަތުރާކަމުގެ ތުހުމަތު އަޅުވައި ބަންދުކުރި އޮސްތްރޭލިއާގެ ނޫސްވެރިޔާ ޕީޓަރ ގްރެސްޓެ ވަނީ ކުރިން ޑީޕޯޓްކޮށްފައެވެ.

އަލްޖަޒީރާގެ ނޫސްވެރިންނަށް 3 އަހަރު ދުވަހުގެ ޖަލު ޙުކުމެއް އިއްވުމުން އެކަމަށް ފާޑުކިޔުމުގެ "ކުށުގައި" އިނގިރޭސި ސަފީރާއި އެހެންވެސް ބައެއް ސަފީރުން ވަނީ މިދިއަ މަހު މިޞުރުގެ ޚާރިޖިއްޔާއަށް ހާޒިރުވެސް ކޮށްފައެވެ.

މިމީހުން މިނިވަން މިކުރީ މިޞުރުގައި ކަންކުރާނެ ގޮތް އެނގޭނީ މިޞުރަށް ކަމަށް ބުނެ އިންޒާރުވެސް ސަފީރުންނަށް ދިނުމަށްފަހުއެވެ.
މިއަދު އޮންލައިން