ހައްޖު މޫސުމުގައި ޒަމްޒަމް ވަޅުކޮޅުން 10 މިލިއަން ކިޔުބިކް މީޓަރުގެ ފެން ބޭނުންކުރެވުނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ހައްޖު މޫސުމުގައި ޒަމްޒަމް ވަޅުކޮޅުން 10 މިލިއަން ކިޔުބިކް މީޓަރުގެ ފެން ބޭނުންކުރެވުނު
މިއަހަރުގެ ޙައްޖު މޫސުމުގައި ޒަމްޒަމް ވަޅުކޮޅުން 10 މިލިއަން ކިޔުބިކް މީޓަރުގެ ފެން ބޭނުން ކުރެވުނު ކަމަށް ސައުދީ ފެން ކުންފުނިން ބުނެފިއެވެ.

ސައުދީ ޤައުމީ ފެންކުންފުނިން ބުނީ އެވްރެޖްކޮށް ދުވާލެއްގެ މައްޗަށް 770،000 ކިޔުބިކް މީޓަރުގެ ފެން މައްކާ އާއި އެހެނިހެން ދީނީ ތަންތަނުގައި ބޭނުންކުރެވުނު ކަމަށެވެ.

އެކުންފުނިން ބުނެފައިވަނީ މިހައި ގިނަ އަދަދެއްގެ ފެން ފޯރުކޮށްދީފައިވީ ނަމަވެސް ފެނުގެ ފެންވަރާއި އެހެނިހެން ކަންކަން ވާނީ ކުރިއާލައި ކަށަވަރުކޮށްފައި ކަމަށެވެ ފެނުގެ ފެންވަރާއިމެދު އެއްވެސް މައްސަލައެއް ކުރިމަތިވެފައިނުވާ ކަމަށެވެ.

ޙައްޖަށް ދާ މީހުންގެ އަދަދު އިތުރުވެ ޒަމްޒަމް ވަޅުކޮޅުގެ ފެން ބޭނުން ކުރުން އިތުރުވަމުން އައުމާއި ގުޅިގެން ސައުދީ ސަރުކާރުން ވަނީ ޒަމްޒަމް ވަޅުކޮޅުގެ ފެން އެންމެ ރަނގަޅު ގޮތުގައި އަދި ދެމެހެއްޓެނި ގޮތެއްގައި ފެނުގެ ޚިދުމަތް ދިނުން ސައުދީ ޤައުމީ ފެން ކުންފުންޏާއި ހަވާލުކޮށްފައެވެ. އެކުންފުނިން ޒަމްޒަމް ވަޅުކޮޅުގެ ފެން ފޯރުކޮށްދެމުން ގެންދާތާ މިއީ 6 ވަނަ ޙައްޖު މޫސުމެވެ.

6 އަހަރުގެ ތެރޭގައި އެކުންފުނިން ވަނީ ހަރަމްފުޅުތަކަށާއި މައްކާއަށް ފޯރުކޮށްދޭ ފެނުގެ އިތުރުން 100 މިލިއަނަށްވުރެ ގިނަ ފުޅީގައި ފެން ބަންދުކޮށް ފޯރުކޮށްދީފައެވެ.

ޒަމްޒަމް ވަޅުކޮޅަކީ އިލާހީ މުއުޖިޒާތެކެވެ. ކިތަންމެ ގިނައިން ފެން ނެގިނަމަވެސް ޒަމްޒަމްވަޅުކޮޅުގެ ފެނަށް އެއްވެސް ބަދަލެއް ނައުމާއި ޒަމްޒަމް ވަޅުކޮޅުގެ ފެނަކީ ބަލިތަކުގެ ޝިފާއަކަށްވެފައިވުމަކީ ﷲގެ ހެޔޮ ރަހްމަތް ފުޅެވެ.

މިފަދަ ކަންކަމުގެ ވާހަކަ ދައްކަން އިސްލާމް ދީނުގެ އަދާވާތްތެރިން ލަދުގަނެ ފަސްޖެހެއެވެ. ދައްކަން ބޭނުމެއް ނުވެއެވެ. ދެއްކޭނެ ޙުއްޖަތެއް ނެތުމުންނެވެ.
މިއަދު އޮންލައިން