އެމެރިކާގެ ކޮލެޖަކަށް ބަޑިޖަހައި 13 މީހުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 36ސ
އެމެރިކާގެ ކޮލެޖަކަށް ބަޑިޖަހައި 13 މީހުން މަރާލައިފި
އެމެރިކާގެ އޮރިއޭގާގެ ކޮމިޔުނިޓީ ކޮލެޖަކަށް ވަދެ ބަޑިޖަހައި 13 މީހުން މަރާލައި 20 މީހުން ޒަކަމްކޮށްލައިފިއެވެ.

އޮރިއޭގާގެ ޢާންމުން ހާމަކުރާ ރިޕޯޓްތަކާއި މީޑިއާގެ މައުލުމާތާ ފުށޫ އެރުންތަކެއް ހުރުމުން މަރުވި އަދި ޒަކަމްވި މީހުންގެ އަދަދުތައް ބަދަލުވުމަކީ އެކަށީގެންވާ ކަމެކެވެ. މިހާރުވެސް ބައެއް ރިޕޯޓްތަކުގައި ބުނެފައިވަނީ ޒަކަމްވި މީހުންގެ އަދަދު 30 އަށްވުރެ ގިނަ ކަމަށެވެ.

ހަމަލާދިނީ ކާކުކަން އަދި ހާމަނުކުރާތީ ނުއެނގުނު ނަމަވެސް މަންޒަރު ދުށް މީހުން ބުނަނީ އެއީ އުމުރުން 20 ގެ ޒުވާނެއް ކަމަށެވެ.

އެހެން ގައުމެއްގައި މިފަދަ ހާދިސާއެއް ހިންގައިފިނަމަ އެކަން "ހައްދުފަހަނައަޅައިފައިވާ މުސްލިމުން" ގެ ބޮލުގައި އަޅުވައި ބަދުނާމުކުރަމުން ގެންދާ އެމެރިކާއަކީ މިފަދަ ހާދިސާތައް އެންމެ ގިނައިން ހިންގާ ޤައުމެވެ.
މިއަދު އޮންލައިން