އައިއެސްގެ ހަނގުރާމަވެރިންނަށްނަށް ކަމަށްބުނެ ރަޝިއާ އިން ދިން ވައިގެ ހަމަލާތަކެއްގައި ގިނަ އަދަދެއްގެ ސީރިޔާ ރައްޔިތުން މަރުވެއްޖެއެވެ.
ބަޝާރުލްއަސަދަށް ތާއިދުކުރާ ފަރާތްތަކުން ބުނަނީ ހަމަލާތައް އަމާޒުން ނައްޓައިލީ ކަމަށެވެ.
ސައުދީ ސަފީރު އދ ގައި ތަޤްރީރުކުރައްވަމުން ވިދާޅުވީ އައިއެސް އާއި ބަޝާރުގެ ތަފާތެއް ނެތް ކަމަށާއި ދެ ބައި މީހުންނަކީ ވެސް ޓެރަރިޒަމްގެ އަމަލުތައް ހިންގާ ޓެރަރިސްޓުން ކަމަށެވެ.
ރަޝިއާ އިން ސިރިއާގައި ހިންގާ މިފަދަ އަމަލުތައް ގިނަ ޤައުމުތަކުން ކުށްވެރިކުރެއެވެ. އެންމެ ބޮޑަށް ފާހަގަކުރަނީ ރަސިއާ އިން ދޭ ހަމަލާތަކުގައި ގިނަ އަދަދެއްގެ ޢާންމު ރައްޔިތުން މަރުވަމުންދާ މައްސަލައެވެ.
ރަޝިއާގެ ސިފައިން ވައިގެމަގުން ހަމަލާތައް ދެމުން ގެންދާއިރު ބިމުމެ މަގުން ބަޝާރުލްއަސަދަށް ހަނގުރާމަކޮށްދިނުމަށް އެތައް ސަތޭކަ އީރާނުގެ ސިފައިން މިހާރުވެސް ވަނީ ސީރިއާއަށް ޖަމާވެފައެވެ.
ރަޝިއާއިން ބުނަނީ ބަޝާރުލްއަސަދުގެ ވެރިކަން ދިފާއުކުރުމަށް ކޮންމެވެސް ބައަކު މަސައްކަތްކޮށްދޭންޖެހޭ ކަމަށެވެ. އަދި ރަސިއާ އާއި އީރާނުން ބަޝާރުލްއަސަދުގެ ވެރިކަން ދިފާއުކުރުމަށް މަސައްކަތްކުރާނެ ކަމަށެވެ.