ބޮމާއި ބޮން ބެލްޓްތަކެއް ސައުދީ ފުލުހުން އަތުލައިގެންފިއެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ މިތަކެތި އަތުލައިގަތީ ރިޔާޛްގެ އަލްފައިހާ ސްޓްރީޓްގައި ހުރި ގެއަކުން ކަމަށާއި މިކަމާއި ގުޅިގެން ފިލިޕީންސްގެ މަސައްކަތު މީހަކާއި ސީރިޔާގެ މީހަކު ހައްޔަރުކުރެވިފައިވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ މިމީހުންނާއި ތަކެތި އަތުލައިގަނެވިފައި ވަނީ އެތަކެތި ގޮއްވައިލުމަށް ތައްޔާރުވަމުން ދަނިކޮށް ކަމަށާއި އެތަކެތީގެ ބޭނުން ހިފުނު ނަމަ ގިނަ ބައަކު މަރުވުމުގެ ފުރުޞަތު ބޮޑު ކަމަށެވެ.
ސައުދީ ހޯމް މިނިސްޓްރީން ބުނީ ސީރިޔާ މީހާއަކީ 2010 ވަނަ އަހަރު ސައިދީއަށް އެތެރެވެފައިވާ މީހެއް ކަމަށާއި ފިލިޕީންސްގެ މީހާއަކީ ޤަވާއިދާއި ޚިލާފަށް އެޤައުމުގައި އުޅެމުންދިއަ މީހެއް ކަމަށެވެ.
މިއޮޕަރޭޝަން ފުލުހުން ހިންގީ އެކަމަށް ފުރިހަމައަށް ރައްކައުތެރިވުމުގެ ފިޔަވަޅުތައް އެޅުމަށްފަހު އެވެ. އެގޮތުން އިންވެގެން އެންމެ ކައިރިއަށް ހުރި ގެތަކުން މީހުން ނެރެ ހުސްކުރުމާއި އެއާއި ޖެހިގެން ހުރި ގެތަކުގެ ރައްޔިިތުންނަށް އޮޕަރޭޝަނުގެ ނުރައްކައުތެރިކަން އަންގައި ދިނުން ފަދަ ކަންކަން ހިމެނެއެވެ.
ފުލުހުން ބުނީ މު އޮޕަރޭޝަން ހިންގުމުގައި ނުރައްކައުތެރި ކަމެއް މެދުވެރި ނުވާ ކަމަށެވެ.
ހޯމް މިނިސްޓްރީން ބުނީ ސައުދީގައި ޓެރަރިސްޓް ހަމަލާތައް ހިންގުމަށް ރާވައި ހަރަކާތްތެރިވަމުން ގެންދާ ގިނަ ބައަކު ވަނީ އަތުލައިގަނެވިފައި ކަމަށާއި ގިނަ އަދަދެއްގެ ހަތިޔާރާއި ގޮވާތަކެތިވެސް ވަނީ އަތުލައިގަނެވިފައި ކަމަށެވެ.