ދުބާއީގައި އިސްލާމީ ހެދުން އުފައްދައި ވިއްކާ ކުންފުނިތަކަށް ބޮޑެތި ގޮންޖެހުންތައް އެބަހުރިކަމަށް އެފަދަ ކުންފުނިތަކުން ބުނެފިއެވެ.
ދުބާއީ ފެޝަން ކުންފުނިތަކުގެ ބައްދަލުވުމުގައި އިސްލާމީ ފެޝަން އުފައްދާ އަދި ވިއްކާ ކުންފުނިތަކުން ބުނީ ދުބާއީއަކީ ހުރިހައި ބާވަތެއްގެ ހެދުން އެޅުން ހުއްދަ ޤައުމަކަށްވާތީ ހަމައެކަނި އިސްލާމީ ފެޝަންތަކުގެ ހެދުން ވިއްކުމަށް ދަތިތަކެއް އެބަހުރި ކަމަށެވެ.
އެފަދަ ކުންފުނިތަކުން ބުނީ އެމީހުންގެ ވިޔަފާރިއަކީ މިންތަކެއްގައި ހިފެހެއްޓިފައިވާ ވިޔަފާރިއަކަށްވާއިރު ހުރިހައި ބާވަތެއްގެ ހެދުން ވިއްކާ ކުންފުނިތަކާއި އެއްވަރަށް ޚަރަދުކުރަންޖެހުމުން މާލީ ގޮތުން ދަތިތަކެއް އެބަހުރި ކަމަށެވެ.
ކުންފުނިތަކުން ބުނެފައިވަނީ އެކުންފުނިތަކަށް ސަރުކާރުގެ މާލީ އެހީތެރިކަމާއި އިނާޔަތް ބޭނުންވާ ކަމަށެވެ. އަދި ކިތަންމެ ދަތިވި ނަމަވެސް އެކުންފުނިތަކުން އިސްލާމް ދީނާއި ޚިލާފު ހެދުން އުފައްދައި ނުވިއްކާނެ ކަމަށެވެ. "ﷲ ހުއްދަ ނުކުރައްވާ ފޭރާމެއް، ފެޝަނެއް އަހަރެން ނުއުފައްދާނަން. އަދި ނުވެސް ުވިއްކާނަން. އެހީވުމާ ނުވުން އޮތީ ސަރުކާރަށް." ކަމަށް ކުންފުނިތަކުން ބުނެއެވެ.
ދުބާއީގައި އިސްލާމިކް ފެޝަންތަކަށް އަންނަނީ ތަރްޙީބު އިތުރުވަމުންނެވެ. އެގޮތުން އަހަރަކު 6 އިންސައްތައިގެ ކުރިއެރުމެއް އަންނަނީ ލިބެމުންނެވެ.