އޭސިއާ ޕެސިފިކް ސަރަހައްދުކުރާ، ދުނިޔޭގެ ވިޔަފާރި ޖަމިއްޔާ ހުއްދަކުރާ ކޮންމެ ވިޔަފާރިއެއްގައި ބައިވެރިވުމަށް ތައްޔާރަށް އޮތް ކަމަށް ޗައިނާ އިން ބުނެފިއެވެ.
ޗައިނާ އިން މިކަން ހާމަކޮށްފައިވަނީ ކޮމރސް މިނިސްޓަރ ގާއީ ހޫޗެން ކޮމަރސް މިނިސްޓްރީގެ މެދުވެރިކުރައްވައި ދެއްވި ބަޔާނެއްގައެވެ.
ޗައިނާ އިން ގެންދަނީ ހުރިހައި ޤައުމުތަކާއިއެކުވެސް ވިޔަފާރީގެ ގުޅުންތައް ބަދަހިކުރަމުންނެވެ. އެގޮތުން ކުރެވެމުންދާ މަސައްކަތްތަކުގެ ތެރެއިން މިދިއަ ހޯމަ ދުވަހު ވަނީ ޓްރާންސް ޕެސިފިކް ޕާޓްނަރޝިޕް (ޓީޕީޕީ)ގައި ބައިވެރިވާ 12 ޤައުމަކާއިއެކު މިހާރު ވަނީ ފްރީ ޓްރޭޑް އެއްބަސްވުމުގައި ސޮއިކޮށް ސަރަހައްދުގެ އެންމެ ބޮޑު ފްރީ ޓްރޭޑް ޓީމު އުފައްދައިފައެވެ.
ގާއޯ ވިދާޅުވީ ދުނިޔޭގެ ވިޔަފާރި އިތުރަށް ވަރުގަދަކޮށް ކުރިއަރުވަންޖެހޭ ކަމަށާއި އެކަމަށްޓަކައި ޑަބްލިޔޫ ޓީ އޯގެ ޤަވާއިދުތަކަށްވެސް ބަދަލުތަކެއް ގެންނަން ޖެހޭ ކަމަށެވެ.
ގާއޯ ވިދާޅުވީ އެގޮތުން އެމެރިކާ އާއިއެކުވެސް މަޝްވަރާކުރަން ޗައިނާ އޮތީ ތައްޔާރަށް ކަމަށެވެ. ވިޔަފާރި ކުރިއަރުވައިގެން ނޫނީ ޤައުމުތަކުގެ އިޤްޠިޞާދު ރަނގަޅު ނުކުރެވޭނެ ކަމަށާއި އެކަމަށްޓަކައި ގެންނަން ޖެހޭ އިޞްލާޙީ ބަދަލުތައ ޗައިނާ އިން ގެންނަމުން ގެންދާނެކަންވެސް ގާއޯ ވަނީ ހާމަކުރައްވައިފައެވެ.