ފަލަސްޠީނުގެ އަންހެނަކު ޖާނުން ފިދާވެގެން އިޒްރޭލުގެ ޗެކްޕޮއިންޓަކަށް ހަމަލާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ފަލަސްޠީނުގެ އަންހެނަކު ޖާނުން ފިދާވެގެން އިޒްރޭލުގެ ޗެކްޕޮއިންޓަކަށް ހަމަލާދީފި
ފަލަސްޠީނުގެ އަންހެނަކު ޖާނުން ފިދާ ވެގެން އިޒްރޭލުގެ ޗެކުޕޮއިންޓަކަށް ހަމަލާދީފިއެވެ. އޭނާ ޗެކުޕޮއިންޓަށް ހަމަލާ ދިނީ އޭނާގެ ކާރުގެ ދަށުގައި ބޮމެއް ހަރުކޮށްގެންނެވެ.

މިހަމަލާގައި އެއްވެސް ޔަހޫދީއަކު މަރުނުވާކަމަށާއި އަނިޔާ ލިބުނީ ވެސް އެންމެ މީހަކަށް ކަމުގައި ރިޕޯޓްތައް ބުނެއެވެ.

އިޒްރޭލުން ވަނީ ޢާދީއްތަ ދުވަހު ހަމާސް ޖަމާއަތުގެ ހަތިޔާރު ގުދަނަކަށް ކަމަށްބުނެ ވައިގެ މަގުން ހަމަލާދީ މާބަނޑު އަންހެނަކާއި އޭނޭގެ 2 އަހަރުގެ ތުއްތު ދަރިފުޅު މަރައިލައިފައެވެ. ފާއިތުވި ހަފްތާއެއްހައި ދުވަހުގެ ތެރޭގައި އިޒްރޭލުން ވަނީ ޣާޒާއަށް ހަމަލާދީ އެތައް ބައަކު މަރައިފައެވެ.

ޗެކް ޕޮއިންޓަށް އާދީއްތަ ދުވަހު ދިން ހަމަލާއަކީ މިފަހަރުގެ ހަމަނުޖެހުންތައް ފެށުނު ފަހުން އެއްޗެއް ގޮއްވައިލައިގެން މި ފަދަ ފުރަތަމަ ހަމަލާއެވެ.

ފަލަސްޠީނުގެ ޒުވާނުން މިހާރު ވަނީ "މަޑުން ތިބި ނަމަވެސް ސަލާމަތެއް ނެތް" ކަމަށް ބުނެ ކުރެވުނު ކޮންމެ ކަމެއް އިޒްރޭލުގެ ސިފައިންނާއި ދެކޮޅަށް ކުރުމަށް އަޒުމް ކަނޑައަޅައި އިއުލާނުކޮށްފައެވެ. ވަޅިންނާއި ގަލުން ގެންދަނީ އިޒްރޭލު ސިފައިންނަށް ހަމަލާ ދެމުންނެވެ.
މިއަދު އޮންލައިން