އައިއެސްގެ އިސްވެރިޔާ، އަބޫބަކުރު ބަޣްދާދީ ދަތުރުކުރި ކަމަށް ބެލެވޭ ގާފިލާއަކަށް ވައިގެ މަގުން ހަމަލާ ދެވިއްޖެ ކަމަށް އިރާގުން އަނެއްކާވެސް ބުނެފިއެވެ.
އިރާޤުން ބުނެފައިވަނީ މިކަމުގެ ރަސްމީ ޖަވާބެއް އައިއެސް ޖަމާއަތުން އަދި ނުދޭކަމަށާއި މައުލޫމާތު ހޯދަން ގުޅާނެ ފަރާތެއް ނެތުމުން އެއްވެސް އިތުރު މައުލޫމާތެއް އަދި ނެތް ކަމަށެވެ.
އިރާޤުން ބުނީ މިހަމަލާ ދިނީ ބަޣްދާދީ ބައްދަލުވުމަކަށް ކަރަބަލާއަށް ދަތުރުކުރަމުން ދިއަ. ޤާފިލާއަކަށް ކަމަށާއި ޔަޤީންކުރަންޖެހެނީ ޤާފިލާގައި ބަޣްދާދީ އިންކަން ނުވަތަ ނޫންކަން ކަމަށެވެ.
އިރާގެ ސިފައިންގެ ކޮމާންޑަރު ބުނީ ގާފިލާގައި ބަގްދާދީ އިންކަން ޔަޤީންކުރަން މިހާރުވެސް މަސައްކަޔް ކުރަމުން ގެންދާ ކަމަށެވެ. މީގެ ކުރިންވެސް އިރާޤުން ވަނީ މިފަދަ ވާހަކަތައް ޢާންމުކޮށްފައެވެ.