ޕްލޭބޯއި މަޖައްލާގަ އަންހެނުންގެ ބަރަހަނާ ފޮޓޯ ޖެހުން ހުއްޓައިލަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޕްލޭބޯއި މަޖައްލާގަ އަންހެނުންގެ ބަރަހަނާ ފޮޓޯ ޖެހުން ހުއްޓައިލަނީ
އަންހެނުންގެ ބަރަހަނާ ފޮޓޯ ޝާއިއު ކުރަމުން އަންނަ ޕްލޭ ބޯއި މަޖައްލާއިން އެފަދަ ފޮޓޯތައް ޖެހުން ހުއްޓައިލުމަށް ނިންމައިފިއެވެ.

އެމެރިކާގެ މަޝްހޫރު ނޫހެއް ކަމަސްވާ ނިވްޔޯކް ޓައިމްސްއަށް މައުލޫމާތު ދެމުން މަޖައްލާހެ އެގްޒެކަޓިވުން ބުނެފައިވަނީ އެ މަޖައްލާގައި އެފަދަ ފޮޓޯ ޝާއިއުކުރުން ހުއްޓައިލާނީ އަންނަ އަހަރުގެ މާރޗްމަހުން ފަށައިގެން ކަމަށެވެ.

އެމަޖައްލާ އިން ބުނެފައި ވަނީ އެއިގެފަހުންވެސް އަންހެނުންގެ ފޮޓޯ ޝާއިއު ކުރާނެ ކަމަށާއި ނަމަވެސް "އެކުގައި ބަރަހަނާ" ފޮޓޯ ޝާއިއުނުކުރާނެ ކަމަށެވެ.

ޕްރިންޓް އެޑިޝަން އިން މިފަދަ ނިންމުމެއް ނިންމީ އެ މަޖައްލާއަށް ތަރްޙީބު ކުޑަވަމުން އަންނާތީއެވެ. އެތައް މިލިއަން ކޮޕީއެއް ޗާޕުކުރަމުން އައި އެ މަޖައްލާގެ މިހާރު ޗާޕުކުރަނީ އެންމެ 800،000 ކޮޕީއެވެ. އަދި މިފަދަ ބަދަލެއް މިއައީ ބަރަހަނާ ފޮޓޯ ހުންނަ މަޖައްލާތަކަށް ދުނިޔޭގެ ފެންވަރުގައި ތަރްޙީބު ކުޑަވަމުން އަންނަތީ ކަމަށް ބެލެވެވެ.

އެމަޖައްލާއިން ވަނީ މިއަހަރުގެ އޮގަސްޓްމަހުން ފަށައިގެން އޮންލައިންގައިވެސް އެކުގައި ބަރަހަނާކޮށް ހުންނަ ފޮޓޯ ޖެހުން ހުއްޓައިލައިފައެވެ.
މިއަދު އޮންލައިން