އިޒްރޭލުން ފަލަސްޠީނުގެ އިތުރު 2 ޒުވާނުން މަރާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
އިޒްރޭލުން ފަލަސްޠީނުގެ އިތުރު 2 ޒުވާނުން މަރާލައިފި
އިޒްރޭލުން ފަލަސްޠީނުގެ އިތުރު 2 ޒުވާނުން ބުދަ ދުވަހުވެސް ބަޑިޖަހައި މަރައިލައިފިއެވެ.

އަލްޖަޒީރާ އިން ބުނެފައިވަނީ މިދެ ޒުވާނުންގެ ބޮލަށް ބަޑިޖެހީ ޖެރޫސަލަމްގެ ދިމިސްޤް ދޮރާށި ކައިރިން ކަމަށާއި ބަޑި ޖެހުމަށްފަހު ހައްދުފަހަނައަލައިފައި ތިބި ޔަހޫދީ ފުލުހުން ބުނީ އެމީހުންނަށް ވަޅިން ހަމަލާދޭން އުޅުމުން ކަމަށެވެ. ދެ ވަނަ ޒުވާނާ ބޮލަށް ބަޑިޖެހީ ފުރަތަމަ ޒުވާނާގެ ބޮލަށް ބަޑިޖެހިތާ 4 ގަޑިއިރު ފަހުންނެވެ.

ހައްދުފަހަނަޅާފައި ތިބި ޔަހޫދީން ދޮގު ބަހަނާތައް ދައްކައި ފާއިތުވި 14 ދުވަހުގެ ތެރޭގައި ވަނީ ފަލަސްޠީނުގެ 30 ޒުވާނުން ޝަހީދުކޮށް އެތައް ބައަކު ޒަޚަމްކޮށްފައެވެ.

އިޒްރޭލުން ގެންދަނީ އެމީހުންގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ކަމަށް ބުނެ ފަލަސްޠީނުގެ ރައްޔިތުންނަށް ދަތިތައް ކުރިމަތިކުރުވައި ފިއްތުންތައް ކުރިމަތިކުރުވަމުންނެވެ.

މިހުރިހައި ކަންކަމާއިއެކު ވެސް އދ އާއި އެމްނެސްޓީ ހަމަ އަރާމުމާލަމުގައި އަރާމުކުރަމުން ގެންދާކަން އެއީ މުސްލިމުންނަށް މިޖަމާއަތްތައް ބަލައިގަތުމުގައި އޮތް އެންމެ ބޮޑު ހުރަހުގެ ގޮތުގައި ފާހަގަކުރަންޖެހެއެވެ.
މިއަދު އޮންލައިން