ކައިވެނީގެ ހެދުމަށް 40،000 ޑޮލަރު ދަރަންޏަށް ނެގުމުން ކައިވެނި ރޫޅާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ކައިވެނީގެ ހެދުމަށް 40،000 ޑޮލަރު ދަރަންޏަށް ނެގުމުން ކައިވެނި ރޫޅާލައިފި
ދުބާއީގައި ކައިވެނިކުރި އަންހެނަކު އޭނާގެ ކައިވެނި ހެދުން ގަތުމަށް 40،000 ޑޮލަރު ދަރަންނަށް ނެގިކަން އެނގުމުން ފިރިހެން މީހާ ކޯޓުގައި އެދިގެން ކައިވެނި ރޫޅައިލައިފިއެވެ.

ހަމަޖައްސައިގެން ކުރި މި ކައިވެނީގެ ރަސްމިއްޔާތުގައި ދެކެވުނު ވާހަކައަކުން ފިރިހެން މީހާއަށް އެނގުނީ ކައިވެންޏަށްޓަކައި 200،000 ޑޮލަރު އަންހެން މީހާ ދަރަންނަށް ނަގައިފައިވާ ކަމެވެ. އަދި އެއިގެ ތެރެއިން 40،000 ޑޮލަރު ޚަރަދުކޮށްފައިވަނީ ކައިވެނީގެ ހެދުން ގަތުމަށް ކަމަށެވެ.

ފިރހެން މީހާގެ މައްސަލައަކަށްވީ ނެތް ފެންވަރުން ކަންތައް ކުރުމެވެ. އެހައި ގިނަ އަދަދެއްގެ ފައިސާ ދަރަންޏަށް ނެގުމާއި ޚާއްޞަކޮށް އެހައި އަގުބޮޑު ހެދުމެއް ދަރަންޏަށް ހޯދުމެވެ.

ފިރިހެން މީހާ ބުނީ އެހައި ދެއްކުންތެރި އަންހެނެއްގެ ދިރިއުޅުމެއް ނުހުންނާނެ ކަމަށެވެ. ދުވަހަކުވެސް ދަރަނިން ސަލާމަތްވެ ހަމަޖެހިގެން ދިރި ނުއުޅެވޭނެ ކަމަށެވެ.

އަރަބިންގެ ތެރޭގައި ބައެއް ޤަބީލާތަކުގައި ކައިވެންޏަށް ހުރިހައި ޚަރަދެއް ކުރަނީ އަންހެންމީހާގެ ފަރާތުންނެވެ.

މިފަދަ އަގުބޮޑު ކައިވެނިތަކަށްފަހު ފަހުން ފިރިމީހާގެ އަތުން އެއިގެ ދެގުނަ މަކަރުވެރި ގޮތުގައި ހޯދުމަކީވެސް ހަމަ ކުރަމުން އަންނަ ކަމެކެވެ. މިބާވަތުގެ ދެއްކުންތެރި އަމަލުތައް އާންމުގޮތެއްގައި ކުރަނީ ހީލަތްތެރި އަންހެނުންނެވެ.
މިއަދު އޮންލައިން