އިންޑިއާގައި ގެރިމަސް ކާ މީހުން މަރާ ހިސާބަށް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
އިންޑިއާގައި ގެރިމަސް ކާ މީހުން މަރާ ހިސާބަށް
އިންޑިއާގައި ގެރިމަސް ކައިއުޅޭމީހުން މަރާ ހިސާބަށް ބައެއް ސްޓޭޓްތަކުގައި ގެންގޮސްފިއެވެ. މިކަން މިހިސާބަށް ދިއައީ މިހާރުގެ ސަރުކާރުން މިކަމުގައި އަމަލުކުރަމުން ކަމަށް ބުނެ ގިނަ ބައަކު ދަނީ ސަރުކާރާއި ދެކޮޅަށް ފާޑުކިޔަމުންނެވެ.

ގެރިއަކީ ހިންދޫންގެ "މާތް" ޖަނަވާރެކެވެ. އެހެންކަމުން ހިންދޫންގެ ގިނަ ބައަކު ގެރި މަސް ކެއުން ދެކެނީ ހަރާމް ކަމެއްގެ ގޮތުގައެވެ. ސަރުކާރުން ދަނީ އެކަމަށް ހިތްވަރު ދެމުންނެވެ.

ގެރިމަސް ކައިފިކަމަށް ބުނެ މުޙައްމަދު އަޚްލާޤް ކިޔާ މުސްލިމަކު އޭނާގެ ގޭގައި ހުއްޓާ ގަދަކަމުން ދަމައި ނެރެގެން ގެންގޮސް ވަނީ ތަލައި މަރައިލައިފައެވެ. މިކަމާއި ގުޅިގެން ސަރުކާރަށް ގިނަ ބައަކު ގެންދަނީ ފާޑުކިޔަމުންނެވެ.

ބޮޑު ވަޒީރު މޯދީ ވިދާޅުވީ އެއީ "އިންސިޑެންޓެއް" ކަމަށެވެ. ނަމަވެސް ގިނަ އަދަދެއްގެ މުސްލިމުން އެކަން ޤަބޫލުކުރަން ބޭނުމެއް ނުވެއެވެ.

ހިންދޫންގެ ހަރުކަށި ޖަމާއަތްތަކުން ބޭނުންވަނީ ސަރުކާރު އައްޑަނައަކަށް ހަދައި އެމީހުންގެ ނުފޫޒު ގަދަ ކުރުމަށެވެ. އެހެންކަމާއިއެކުވެސް ސަރުކާރަށް ވަނީ އެކަމުގައި ދެން ހެދޭނެ ގޮތެއް ނެތް ހިސާބަށް ގޮސްފައި ކަމަށް ބައެއް ނޫސްތަކުގައި ބުނެއެވެ.
މިއަދު އޮންލައިން