1967 ވަނަ އަހަރުގެ ހަނގުރާމައިގައި އިޒްރޭލުން ފޭރިިގެންފައިވާ އިރުމަތީ ޖެރޫސަލަމްގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އެ ސަރަހައްދުގައި ތިބުމަށް ދޫކޮށްފައިވާ ހުއްދަ އިޒްރޭލުން ބާޠިލުކޮށްފިއެވެ.
އެއާއިއެކު އިޒްރޭލުން މިހާރު ވަނީ އިޒްރޭލު ރައްޔިތުންނަށް ދޫކުރާ ބަޑި ގެންގުޅުމުގެ ހުއްދަ ވީހައި ލުއި ފަސޭހަގޮތަކަށް ދިނުމަށް ނިންމައި އިންތިޒާމުތައް ހަމަޖައްސައިފައެވެ.
އިންސާނީ ޙައްޤުތަކާއިބެހޭ ޖަމިއްޔާތަކުން ބުނަނީ އިޒްރޭލުގެ މިފިޔަވަޅުތަކަކީ އިޒްރޭލުން ހިފައިފައިވާ އިރުމަތީ ޖަރޫސަލަމްގައި ތިބި ފަލަސްޠީނުގެ ރައްޔިތުން އެސަރަހައްދުން ނެރެ ބޭރުކޮށްލުމަށް ޖެހި އުކުޅެއް ކަމަށެވެ. އަދި މިކަންކަމަކީ އިންސާނިއްޔަތާއި މުޅިން ޚިލާފަށް އިޒްރޭލުން އަޅަން ޤަޞްދުކޮށްފައިވާ ފިޔަވަޅުތަކެއް ކަމަށެވެ.
އީސްޓް ޖަރޫސަލްމގެ ބިމުން ބޮޑުބައެއް ފޭރިގަތުމަށްފަހު އެސަރަހައްދުގައި ތިބި ފަލަސްޠީނުގެ ރައްޔިތުންނަށް އިޒްރޭލުން ވަނީ ބްލޫ އައިޑީ ކާޑުގެ ނަމުގައި އައިޑީ ކާޑެއް ދޫކޮށްފައެވެ. އެ ކާޑު ބޭނުންކޮށްގެން ޞިއްޙީ އަދި އިޖުތިމާޢީ ބައެއް ޚިދުމަތްތައް ލިބިގަނެވޭނެ ގޮތްވެސް ވަނީ ހަމަޖައްސައިދީފައެވެ.
އިޒްރޭލުން އާންމުގޮތެއްގައި ފަލަސްޠީނުގެ ރައްޔިތުންގެ ހައްޤުތަކަށް އަރައިގަނެ، މަރައި ހަމަނުޖެހުންތައް ހިންގަނީ އެކަންކަމުގެ ނާޖާއިޒު ފައިދާ އިތުރަށް ނަގައި އިޒްރޭލުން އެފަހަރަކު ފޭރުން ބޭނުންވާ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް ފޭރިގަތުމަށެވެ.