އިޒްރޭލު ސިފައިން ހޮނިހިރު ދުވަހުވެސް ފަލަސްޠީނުގެ 3 ރައްޔިތުން މަރައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 44ސ
އިޒްރޭލު ސިފައިން ހޮނިހިރު ދުވަހުވެސް ފަލަސްޠީނުގެ 3 ރައްޔިތުން މަރައިފި
ހައްދުފަހަނައަޅައިފައިވާ އިޒްރޭލުގެ ސިފައިން ހޮނިހިރު ދުވަހުވެސް ފަލަސްޠީނުގެ 3 ރައްޔިތުންގެ ބޮލަށް ބަޑިޖަހައި މަރައިފިއެވެ. މީގެ ތެރޭގައި އަންހެނަކާއި 16 އަހަރުގެ ކުއްޖަކުވެސް ހިމެނެއެވެ.

މީގެ ތެރެއިން ހެބްރޮންގައި މީހަކު މަރައިލީ އާންމުންގެ މީހެކެވެ. މަރައިލުމަށްފަހު ބުނެފައިވަނީ އޭނާއަށް ވަޅިން ހަމަލާދޭން އުޅުނީ ކަމަށެވެ. އަންހެން މީހާ މެރުމަށްފަހު ބުނީ ސިފައިންެގެ އަންހެނަކަށް ހަމަލާދޭން އުޅުނީ ކަމަށެވެ. ކުޑަކުއްޖާގެ ބޮލަށް ބަޑިޖެހުމަށްފަހުވެސް ބުނެފައިވަނީ ވަޅިން ހަމަލާދޭން އުޅުނީ ކަމަށެވެ.

މަސްޖިދުލްއަޤްޞާ ހިސޯރުކޮށް އެތަނަށް މުސްލިމް ޒުވާނުން ވަނުމަށް ހުރަސް އަޅައި ހިފަހައްޓަމުން ގެންދާތީ އުފެދިފައިވާ މައްސަލަތައް ހައްލުކުރުމަށް ދުނިޔެ ވަނީ ނުކުޅެދިފައެވެ.

ފަލަސްޠީނުގެ ޒުވާނުން ބުނެފައި ވަނީ މަޑުން ތިބި ނަމަވެސް އިޒްރޭލު ފުލުހުން އެދުވަހަކު މަރަން ބޭނުން އަދަދަކަށް މަރަމުން ގެންދާނެ ކަމަށާއި މަޑުން ތިބުމުގެ ބޭނުމެއް ނެތް ކަމަށެވެ.
މިއަދު އޮންލައިން