އައިދާ ރެފިޔުޖީ ކޭމްޕުގައި ތިބި އެންމެން ގޭހުން އަންދައި މަރާނެ ކަމުގެ އިންޒާރު އިޒްރޭލް ފުލުހަކު ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
އައިދާ ރެފިޔުޖީ ކޭމްޕުގައި ތިބި އެންމެން ގޭހުން އަންދައި މަރާނެ ކަމުގެ އިންޒާރު އިޒްރޭލް ފުލުހަކު ދީފި
އައިދާ ރިފިޔުޖީ ކޭމްޕުގައި ތިބި ފަލަސްޠީނުގެ ހުރިހައި ރައްޔިތުން ގޭހުން އަންދައި މަރައި ހުސްކުރާނެ ކަމުގެ އިންޒާރު އިޒްރޭލު ފުލުހަކު ދީފިއެވެ.


އޭނާ މި އިންޒާރު ދީފައި ވަނީ ރިފިޔުޖީ ކޭމްޕުކައިރީގައި ވަރަށް މަޑު ސްޕީޑުގައި ޖިޕް ދުއްވަމުން ޖިޕުގެ ތާޅަފިލިންނެވެ. އެހެންކަމުން މިއީ ސިއްރުން ކުރި ކަމެއް ނޫންލަން ހާމަވެއެވެ.


އޭނާ ބުނީ ކަލޭމެން ގައު އުކާށެވެ. ފޭލިގޭގައި ތިބި މުސްކުޅިންނާއި ކުޑަކުދިންވެސް އަންދައި ހުސްކުރާނެ ކަމަށެވެ. އެންމެފަހު މީހާ މަރާފައި ނޫނީ ނުހުއްޓާނެ ކަމަށެވެ.


"އަހަރެން މިއަންނަނީ ކަލޭމެންގެ ޒުވާނަކު ގޭގައި ހުއްޓައި ދަމާ ނެރެގެން. ކަލޭމެން ކުރިމަތީވެސް އޭނާ މަރައިފާނަން."


މިކަން ހާމަވާ ވީޑިއޯ ހާމަކުރުމުން އިޒްރޭލުން ބުނެފައިވަނީ އެ މީހާ މިހާރު ސަސްޕެންޑްކޮށްފައިވާ ކަމަށެވެ. ނަމަވެސް އެއީ އަބަދުވެސް ދުނިޔޭގެ ކުރިމައްޗަށް ޔަހޫދީން އޮޅުވައިލާ އޮޅުވައިލުމެކެވެ. އޭނާ ދުވަސްކޮޅަކަށް ބަދަލުކުރާނީ އެހެން ސަރަހައްދަކަށެވެ.
މިއަދު އޮންލައިން