އާދީއްތަ ދުވަހު ނެގި ވޯޓުގައި އެޤައުމުގެ ވެރިކަންކުރާ އޭކޭ ޕާޓީން ކުރި ހޯދައިފިކަމަށްވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.
ނޫސް ޗާޕަށް ދިއައިރު ގުނައިފައިވާ ވޯޓުގެ 49.4 އިންސައްތަ ކާމިޔާބުކޮށްފައިވަނީ ވެރިކަންކުރާ އޭކޭ ޕާޓީންނެވެ. އެހެންކަމުން މަޖިލީހުގެ 550 ގޮނޑީގެ ތެރެއިން 316 ގޮނޑި އެވަނީ ވެރިކަން ކުރާ ޕާޓީއަށް ލިބިފައެވެ. ދެން އެންމެ ކައިރިން ލިބިފައިވަނީ ސީއެޗްޕީ އަށެވެ. އެޕާޓީއަށް ލިބިފައިވަނީ 134 ގޮނޑިއެވެ.
ދިރާސާކުރާ ފަރާތްތަކުން ބުނަނީ ތުރުކީގެ ރައްޔިތުން މިފަދަ ގޮތަކަށް ވޯޓުލައިފައި މިވަނީ އިދިކޮޅު ޕާޓީތައް ގުޅިގެން ކޯލިޝަން ސަރުކާރެއް އުފައްދަން ފުރުޞަތު ދީފިނަމަ ޤައުމުގެ އިޤްޠިޞާދާއި އެހެނިހެން ކަންކަން ފަހަތަށް ދާނެކަމަށް ޤަބޫލުކުރެވޭތީ އެކަމަށް ފުރުޞަތު ނުދިނުމުގެ ގޮތުން ކަމަށެވެ.
ތުރުކީއަށް މިހާރުވެސް ވަނީ ތަފާތު ގިނަ މައްސަލަތައް ކުރިމަތިވެފައެވެ. އެއިގެތެރޭގައި ދާޚިލީ މައްސަލަތަކާއި ބައިނަލްއަޤްވާމީ މައްސަލަތައް ހިމެނެއެވެ.
އެހެންކަމުން ޤައުމަށް އިތުރު މައްސަލަތައް ކުރިމަތިނުވެ ކުރިއަށް ދިއުމަށް އެޤައުމުގެ ރައްޔިތުން މިވަނީ އެމީހުންގެ ވޯޓުން ދައްކައިދީފައެވެ.