ޓެރަރިޒަމުން ސަލާމަތްވެވޭނީ އެންމެން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެން: ސަލްމާން ރަސްގެފާނު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 51ސ
ޓެރަރިޒަމުން ސަލާމަތްވެވޭނީ އެންމެން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެން: ސަލްމާން ރަސްގެފާނު
ޓެރަރިޒަމުން ސަލާމަތްވެވޭނީ އެންމެން އެކަމަށް ގަދައަޅައި މަސައްކަތްކޮށްގެން ކަމަށް ސައުދިއަރަބިޔާގެދާނު ސަލްމާން ބުިން ޢަބްދުލްޢަޒީޒް ވިދާޅުވެއްޖެއެވެ.

ސަލްމާން ރަސްގެފާނު މިމޭރުމުން ވިދާޅުވީ ހޯމަ ދުވަހު އެމަނިކުފާނުގެ ރަސްމީ ގަނޑުވަރުގައި ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވީ ރައްޔިތުންގެ ކަންކަން ބެލެހެއްޓެވުމުގައި އެންމެ އިސް ދައުރެއް އަދާކުރައްވަންޖެހިވަޑައިގަންނަވާ ބޭފުޅުންނަކީ، އެމަނިކުފާނަށްފަހު، ވަޒީރުން ކަމަށްވާއިރު ހުރިހައި ވަޒީރުންވެސް މަސައްކަތްކުރައްވަވަންވާނީ ޤައުމީ ރޫހުގައި ޤައުމީ ނިޔަތުގައި ކަމަށެވެ.

ސައުދިއަރަބިޔާއަށް ވެސް މިހާރު ވަނީ ޓެރަރިޒަމްގެ މައްސަލަތައް ކުރިމަތިވެފައެވެ. އެމައްސަލަތަކުން ސަލާމަތްވުމަށް ސައުދީ ސަލާމަތީ ބާރުތަކުން ގެންދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

ސައުދީގެ ސަލާމަތީ ކަންކަން ވަރުގަދަކުރަން މަސައްކަތްކުރުމުގެ އިތުރުން ސަރަހައްދުގެ ސަލާމަތާއި ރައްކައުތެރިކަން ކަށަވަރުކުރުމަށްވެސް ސައުދިއަރަބިޔާއިން ގެންދަނީ ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މިއަދު އޮންލައިން