އިހަވަންދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯލް ރެފްރީން ތަމްރީންކުރުމުގެ ކޯހެއް އެރަށުގައި ފަށައިފި

ކިޔުމަށް ހޭދަވާނީ 54ސ
އިހަވަންދޫގެ ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯލް ރެފްރީން  ތަމްރީންކުރުމުގެ  ކޯހެއް އެރަށުގައި ފަށައިފި
ފުޓްބޯލް އެސޯޝިއޭޝަން އޮފް މޯލްޑިވްސް އާއި އިހަވަންދޫ ޕޮލިސް ސްޓޭޝަންނާއި އިހަވަންދޫ މަސްވެރިންގެ ގުޅުން (އިމަގު) ގުޅިގެން ޒުވާނުންނަށް އަމާޒުކޮށްގެން ފުޓްބޯލް ރެފްރީން ތަމްރީންކުރުމުގެ ކޯހެއް އިހަވަންދޫގައި ފަށައިފިއެވެ.


ފުލުހުން ބުނީ މި ނޮވެންބަރ މަހުގެ 1 ން 10 އަށް ކުރިއަށް ގެންދާ މި ކޯހިގައި 32 ޒުވާނަކު ބައިވެރިވެފައިވާ ކަމަށާއި މި ކޯސް ކުރިއަށް ދަނީ ހއ. އިހަވަންދޫގެ ފުޓްބޯލް ދަނޑުގައި ކމަށެވެ.


މިކޯސް ކުރިއަށް ގެންދިއުމުގެ ބޭނުމަކީ ހއ. އަތޮޅުގައި ފުޓްބޯލް ރެފްރީން އުފެއްދުމާއި އެދާއިރާއިން ކުރިއަށް ދިއުމަށް ބޭނުން ވާ ފަރާތްތަކަށް އެކަމަށް ފުރުޞަތު ފަހިކޮށްދިނުން ކަމަށާއި އަދި މި ކޯހަކީ ކުށްކުރުމުން ދުރުހެލިވެފައިވާ މުޖުތަމަޢުއެއް ބިނާކުރުމަށް ކުރެވޭ މަސައްކަތާއި ގުޅިގެން ހިންގޭ ކޯހެއް ކަމަށްވެސޗ ފުލުހުން ބުނެއެވެ.


މި ކޯހުގައި އިންސްޓްރަކްޓަރެއްގެ ގޮތުގައި ހަރަކާތްތެރިވަނީ އެފް.އޭ.އެމް ގެ ފުޓްބޯލް ރެފްރީ ޑިޕާރޓްމެންޓް ގެ ހެޑް އަހްމަދު އަމީޒް އަދި އަލީ ސަލީމް އެވެ.

މިއަދު އޮންލައިން