ރޫމޭނިއާގެ ސަރުކާރު އިސްތިއުފާދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ރޫމޭނިއާގެ ސަރުކާރު އިސްތިއުފާދީފި
ރޫމޭނިއާގެ ބޮޑުވަޒީރު ވިކްޓަރ ޕޮންތާ އާއި އެމަނިކުފާނުގެ ސަރުކާރު އިސްތިއުފާ ދެއްވައިފިއެވެ. އިސްތިއުފާ ދެއްވީ މިދިއަ ހަފްތާގައި ރޫމޭނިއާގެ ނައިޓް ކްލަބެއްގައި ހިނގި އަލިފާނުގެ ހާދިސާ އާއި ގުޅިގެން ގިނަ ބައަކު މަގުތަކަށް ނުކުމެ މުޒާހަރާކުރުމުންނެވެ.

ބޮޑުވަޒީރު އިސްތިއުފާ ދެއްވަމުން ވިދާޅުވީ އެމަނިކުފާނާއި ސަރުކާރު އިސްތިއުފާ ދެއްވަން ނިންމެވީ މަގުތަކަށް ނުކުތް ރައްޔިތުންގެ ހިތްތަކަށް ފިނިކަމެއް ގެނެސް ދެއްވުމަށް ކަމަށެވެ.

ފާހަގަކުރަންޖެހޭ ކަމަކީ ނައިޓް ކްލަބުގައި ކުރިއަށް ގެންދިއަ ކަންކަން ކުރިއަށް ގެންދިއައީ ސަރުކާރުގެ ފަރާތްތަކުން ނަގަންޖެހޭ އެއްވެސް ހުއްދައެއްވެސް ނުނަގައިކަމެވެ.

މިހާދިސާގެ މައްސަލަ މިހައި ބޮޑުވީ ފަހުގެ ތާރީޚެއްގައި މިފަދަ ހާދިސާއެއް ރޫމޭނިއާގައި ހިނގައިފައި ނެތުމުންނެވެ.

ސަރުކާރުން ނަގަންޖެހޭ ހުއްދަތައް ނުނަގައި ބައަކު ކުރި ކަމެއްގައި ކުރިމަތިވި ކަމަކާއި ގުޅިގެން ބޮޑުވަޒީރާއި ސަރުކާރު އިސްތިއުފާ ދެއްވުމުން ގިނަބައަކަށް ވަނީ ހައިރާންކަން ލިބިފައެވެ.
މިއަދު އޮންލައިން