ޓެރަރިޒަމާއި ދެކޮޅަށް ބަހްރައިންގައި ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ޝައްކުކުރެވޭ 47 މީހަކު ހައްޔަރުކޮށް ގިނަ އަދަދެއްގެ ހަތިޔާރު ހޯދައިފިއެވެ.
އަތުލައިގަތް ހަތިޔާރުގެތެރޭގައި އެކި ބާވަތުގެ ހަތިޔާރުތަކާއި ގޮން ހަދަން ބޭނުންކުރާ ގިނަ ބާވަތްތައް ހިމެނެއެވެ. މީގެ ތެރޭގައި ވެހިކަލްތަކުގައި ހަރުކުރުމަށްފަހު ގޮއްވައިލާ ބާވަތްތަކުގެ ތަކެތި ވެސް ހިމެނެއެވެ.
ހޯމް މިނިސްޓްރީން ބުނެފައިވަނީ ޓެރަރިޒަމްގެ އަމަލެއް އެޤައުމުގައި ހިންގިއަ ނުދިނުމަށްޓަކައި ސަލާމަތީ ބާރުތަކުން ގެންދަނީ ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން ކަމަށެވެ.
މިބާވަތުގެ ކަންކަމުގެ ފަހަތުގައި އޮންނަނީ އީރާނުކަމަށް ޤަތަރުން ވަރަށް ބޮޑަށް ތުހުމަތުކުރެއެވެ.