ޗައިނާގެ ކުރިއެރުމުގެ އަސްލަކީ ރައްޔިތުންގެ މަސައްކަތް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 5ސ
ޗައިނާގެ ކުރިއެރުމުގެ އަސްލަކީ ރައްޔިތުންގެ މަސައްކަތް
ޗައިިނާގެ ކުރިއެރުމުގެ އަޞްލަކީ އެޤައުމުގެ ރައްޔިތުންގެ މަސައްކަތެވެ. ދިރިއުޅުމަށް ބޭނުންވާ ފައިސާ ނުލިބޭނަމަ ނުވަތަ ލިބޭ ފައިސާގެ އަދަދު މަދުވެ ނުފުދޭނަމަ އިތުރަށް މަސައްކަތްކޮށްގެން އިތުރު އާމްދަނީ ހޯދުމަކީ އެމީހެއްގެ ކަމެކެވެ.

ޗައިނާގެ ރައްޔިތުން އެކަން ޤަބޫލުކުރެއެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ބަލަނީ ވީހައި ގިނަ މަސައްކަތެއް ކުރުމަށެވެ. މަސައްކަތްކޮށްގެން އާމްދަނީ އިތުރުކުރުމަށެވެ.

ޗައިނާގެ އާބާދީ އަކީ ދުނިޔޭގެ އެންމެ ބޮޑު އާބާދީއެވެ. 1.4 ބިލިއަން މީހުން ޗައިނާގައި ދިރިއުޅެއެވެ.

އާބާދީ މިހައި ބޮޑުވުމުން ރައްޔިތުންނަށް ބޭނުންވާ ހުރިހައިކަންކަން ސަރުކާރަށް ކޮށް ނުދެވުނު ނަމަވެސް ގިނަ ކަންތައްތަކެއްގައި ސަރުކާރުން ރައްޔިތުންނަށް އެހީތެރިވެއެވެ.

ޗައިނާގައި ހެލްތް އިންޝްއަރެންސް ސްކީމް އޮންނަ ގޮތަކީ އާދައިގެ ކުދި ބަލިތަކަށް 20 އިންސައްތަ ވަރު ހޭދަކުރަންޖެހެނީ ރައްޔިތުންނަށެވެ. އަނެއްބައި ދެނީ ސަރުކާރުންނެވެ، ބޮޑު ބައްޔެއް ޖެހިއްޖެނަމަ ހުރިހައި ޚަރަދެއް ސަރުކާރުން ކޮށްދެއެވެ.

ތައުލީމަށް ބަލާއިރު ޔުނިވަރސިޓީ ތައުލީމު ހާޞިލުކުރަންޖެހެނީ އަމިއްލަ ޚަރަދުގައެވެ. ޔުނިވަރސިޓީ އާއި ހަމައަށް ސަރުކާރު ސްކޫލްތަކުން ކިޔަވައިދެނީ ހިލެއެވެ.

މިހައި ބޮޑު އާބާދީއެއް އޮތުމާއިއެކުވެސް ސަރުކާރުން ރައްޔިތުންނަށް ފޯރުކޮސްދޭ ޚިދުމަތްތަކަށްޓަކައި ރައްޔިތުން ސަރުކާރަށް ޝުކުރު އަދާކުރެއެވެ.
މިއަދު އޮންލައިން