ފިލިޕިންސްގެ ހަނގުރާމަވެރިން ވަގަށްނަގައިފައިވާ 3 މީހުންގެ އަގަށް 63 މިލިއަން ޑޮލަރު ހުށަހަޅައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ފިލިޕިންސްގެ ހަނގުރާމަވެރިން ވަގަށްނަގައިފައިވާ 3 މީހުންގެ އަގަށް 63 މިލިއަން ޑޮލަރު ހުށަހަޅައިފި
ފިލިޕިންސްގެ ހަނގުރާމަވެރިން ވަގަށް ނަގަފައިވާ 3 މީހެއްގެ އަގަށް 63 މިލިއަން ޑޮލަރު ހުށަހަޅައިފިއެވެ.

ފިލިޕިންސްގެ ދެކުނުގައި ހަރަކާތްތެރިވަމުން ގެންދާ އަބޫ ސައްޔާފްގެ ހަނގުރާމަވެރިން ވަގަށް ނަގައިފައިވާ ކެނެޑާގެ 2 މީހުންނާއި ނޯވޭގެ މީހެއްގެ އަގަށް 63 މިލިއަން ޑޮލަރު ހުށަހެޅުމުން އެކަން ވަނީ ސިހުމަކަށްވެފައެވެ.

މުސްލިމް ހަނގުރާމަވެރިންގެ ބައަކު ވަގަށް ނަގައިފައިވާ ބައަކު ދޫކޮށްލުމުގެ އަގަށް ހުށަހެޅި މިއީ ރެކޯޑް އަދަދަކަށް ވަނީ ވެފައެވެ.

ފިލިޕިންސްގެ ސަރުކާރުން ބުނީ ޓެރަރިްޓުން ވަގަށް ނަގާ މީހުން މިނިވަން ކުރުމަށް ފައިސާ ދެއްކުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި ސަރުކާރުގެ މާލީ ހާލަތު ހުރި ގޮތުން މިފަދަ ފައިސާ ދެއްކުމަކީ ސަރުކާރަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

ހަނގުރާމަވެރިން އެންމެފަހުން ހާމަކުރި ވީޑިއޯގައި ބުނެފައިވަނީ 3 މީހުންކުރެ ކޮންމެ މީހެއްގެ އަގަށް 21 މިލިއަން ޑޮލަރު ނުދައްކާނަމަ މަރައިލާނެ ކަމަށެވެ. ނަމަވެސް އެންމެ ފަހު ތާރީޚު ބުނެފައެއް ނުވެއެވެ.

ހަނގުރާމަވެރިން ހާމަކުރި ވީޑިއޯއެއްގައި ކެނެޑާގެ ރައްޔިތަކު ވަނީ އެމީހުން ސަލާމަތްކޮށްދިނުމަށް ކެނެޑާގެ ބޮޑުވަޒީރަށް އިލްތިމާސްކޮށްފައެވެ. އެއިރުވެސް ހަނގުރާމަވެރިއަކު ހުރީ ވަޅި ދިއްކޮށްގެންނެވެ.
މިއަދު އޮންލައިން