ޗައިނާގެ ރައީސް ޒީ ޖިންޕިން އާއި އެމަނިކުފާނުގެ އަނބިކަނބަލުން ޕެންގ ލުޔާން ވިއެޓްނާމަށާއި ސިންގަޕޫރަށް ކުރައްވަވާ ރަސްމީ ދަތުރުފުޅެއް ބުރާސްފަތި ދުވަހު ފަށްޓަވައިފިއެވެ.
މިދަތުރުފުޅުގައި ބުރާސްފަތި ދުވަހު ހެނދުނު އެމަނިކުފާނު ވިއެޓްނާމަށް ވަޑައިގަތުމުން އެ ޤައުމުން ވަނީ އެމަނިކުފާނަށް ވަރަށް ހޫނު މަރުހަބާއެއް ދަންނަވައިފައެވެ.
ލީގެ މި ދަތުރުފުޅަކީ އަވަށްޓެރި ވިއެޓްނާމަށް ޗައިނާގެ އެންމެ އިސްވެރިޔާގެ ހައިޞިއްޔަތުން ކުރައްވަވާ ފުރަތަމަ ދަތުރުފުޅެވެ.
ވިއެޓްނާމުން ބުނެފައިވަނީ ރައީސް ޒީގެ މިދަތުރުފުޅުގެ ސަބަބުން ދެޤައުމުގެ ގުޅުން ވަރަށް ބޮޑަށް ބަދަހިވެގެންދާނެ ކަމަށާއި ދެ ޤައުމު ގުޅިގެން ކުރެވޭނެ ގިނަ ކަންތަކަކަށް މަގުފަހިވެގެންދާނެ ކަމަށެވެ.
ރައީސް ޒީ ޖިންޕިން ސިންގަޕޫރަށް ވަޑައިގަންނަވާނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ. އެނބުރި ޤައުމަށް ވަޑައިގަތުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުއެވެ.