އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުުތަކެއް ނުހިންގޭނެ: ދީނީ އިލްމުވެރިން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 28ސ
އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުުތަކެއް ނުހިންގޭނެ: ދީނީ އިލްމުވެރިން
މާތްﷲ އިސްލާމް ދީން ބާއްވަވައިލެއްވެވީ މީސްތަކުންގެ މައްޗަށް ރަހްމަތެއްކަމުގައިކަމަށްވާއިރު އިސްލާމް ދީނުގެ ނަމުގައި ޓެރަރިޒަމްގެ އަމަލުތައް ނުހިންގޭނެ ކަމަށް ސައުދީ ދިނީ އިލްމުވެރިންގެ އެންމެ މަތީ މަޖިލީހުން ހާމަކޮށްފިއެވެ.

ޕެރިހުގައި ހޮނިހިރު ވިލޭރޭ ދިން ޓެރަރިސޓް ހަމަލާތައް ކުށްވެރިކުރައްވައި ދީނީ އިލްމުވެރިންގެ އެންމެ މަތީ މަޖިލީހުން ނެރުއްވި ބަޔާނުގައި ޙާމަކުރައްވަވާފައި ވަނީ ކުށެއް ނެތް ޢާންމުންނަށް ހަމަލާދީ މެރުމަކީ އިސްލާމް ދީނުގެ ނަމުގައި ހިންގާ ހަޑިމުޑުޑާރު އަމަލެއް ކަަމަށާއި އެފަދަ އަމަލުތަކުގެ ސަބަބުން މުސްލިމުން ދަނީ ދުނިޔޭގައި ފަޟީޙަތްވަމުނޤ ކަމަށެވެ.

މިބުރުގެ އަލްއަޒްހަރު ޔުނިވަރސިޓީގެ އިލްމުވެރިން ޓެރަރިޒަމް ސިފަ ކުރައްވާފައިވަނީ ދުނިޔެއަށް "ފައުޅުވެފައިވާ ފުރޭތައެއް"ގެ ގޮތުގައެވެ. އަދި އެންމެން ގުޅިގެން ފުރޭތަ ފައްސައިލުމަށް ވަނީ ގޮވައިލައްވައިފައެވެ.

ފްރާންސަކީ މުސްލިމް ޤައުމެއް ނޫން ނަަމވެސް މުސްލިމް ވަރަސް ގިނަ ޤައުމުތަކާއިއެކު ބަދަހިގުޅުމެއް އޮން ޤައުމަކަށްވާތީ ގިނަ އިސްލާމީ ޤައުމުތަކެއްގެ ވެރިން މިހާރުވެސް ވަނީ މިހަމަލާ ކުށްވެރިކުރައްވައިފައެވެ.

ހޮނިހިރު ދުވަހު އިރު އޮއްސުމާއި ހަަމއަސް ލިބިފައިވާ ރިޕޯޓްތަކަށް ބަލާއިރު ފްރާންސްގައި ދިން ހަމަލާތަކުގައި މަރުވި މީހުންގެ އަދަދު ވަނީ 128 އަށް އަރައިފައެވެ. މިހަމަލާތަކުގެ ޒިންމާ އައިއެސްއިން އުފުލައިފި ކަމަށްވެސް ރިޕޯޓްތައް ބުނެއެވެ.

އައިއެސް އިން ބުނެފައިވަނީ ހަމަލާތައް ދެނީ އެމީހުންނަށް ހަމަލާ ދޭތީ ކަމަށެވެ. އައިއެސްއާއި ދެކޮޅަށް ހަނގުރާމަކުރާ ގުޅިފައިވާ ޤައުމުތަކުން ބުނަނީ އައިއެސް ޖަމާއަތާއި އަލްޤައިދާ ގުޅިގެން ސަރަހައްދުގެ ބިންތައް ހިފައި މީހުން މަރަން ދޫކޮށްގެން ނުތިބޭނެ ކަމަށެވެ.

ގުޅިފައިވާ ލޝްަކަރާއި އެެމރިކާއިން ގުޅި އިސްސަފުގައި އެމެރިކާ މަސައްކަތް ކުރި ނަމަވެސް އމެރިކާގެ ދައުރާއިމެދު ގިނަ ބައަކު ދަނީ ޝައްކުކުރަމުންނެވެ.
މިއަދު އޮންލައިން