ފަރަންސޭސި ވިލާތުގައި ހޮނިހިރު ވިލޭރޭ ދިން ހަމަލާތަކަކީ ފައުޅުގައި އައިއެސް އިން ހަނގުރާމަ އިއުލާނުކުރުން ކަމަށް ފަރަންސޭސި ރައީސް ވިދާޅުވެއްޖެއެވެ.
ޓީވީ މެދުވެރިކުރައްވައި ޤައުމާއި މުޚާޠަބް ކުރައްވަމުން ރައީސް ހޮލާންޑެ ވިދާޅުވީ އައިއެސްއިން ހަމަލާތަކުގެ ޒިންމާ ނެގުމުން ދެން އޮތީ އަވަހަށް ހަރަކާތްތެރިވުން ކަމަށެވެ. އަދި ފަރަންސޭސި ވިލާތުން އަމަލުކުރާނެ ގޮތެއް ނިންމާނީ ހޯމަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ ކުއްލި، ޚާއްޞަ ބައްދަލުވުމުގައި ކަމަށެވެ.
މިހަމަލާތަކާއި ގުޅިގެން ފްރާންސްގައި ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކޮށްފައިވާއިރު މިހާރު ވަނީ ޤައުމީ ހިތާމަ ފައުޅުކުރުމުގެ 3 ދުވަސް ވެސް އިއުލާނުކޮށްފައެވެ.
ހޮލާންޑެ ވިދާޅުވީ ހަމަލާތަކުގެ ސަބަބުން ފްރާންސްގެ ކަރު ނުއެލޭ ކަމަށާއި ކުއްލި ނުރައްކަލުގެެ ހާލަތު އިއުލާނު ކުރެއްެވީ އެޤައުމާއި ސަރަހައްދުގެ ހިމާޔަތުގައި ފުރިހަމައަށް މަސައްކަތް ކުރެއްެވވުމަށް ކަމަށެވެ.
އައިސް އިން ހާމަކުރި ވީޑިއޯއެއްގައި ބުނެފައިވަނީ އެމީހުންގެ ބޮލަށް ބޮން އަޅަމުން ސަލާމަތްކަމާއިއެކު ފަރަންސޭސި ވިލާތުގައި ދިރިނުއުޅެވޭނެ ކަމަށެވެ. "ކަލޭމެން ގެއިން މާރުކޭޓަށްދާން ބިރުގަންނަވަރު ކޮށްލާނަން" ކަމަށެވެ.
މިހަމަލާތަކުގައި މަރުވި މީހުންގެ އަދަދު އިތުރުވުމަކީ އެކަށީގެންވާކަމެއް ކަމަށް ބައެއް ނޫސްވެރިން ބުނެއެވެ.