ސައުދީއަށް 274 ކިލޯ ހިރޮއިން އެތެރެކުރަން މަސައްކަތްކުރި ބައަކު އަތުލައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ސައުދީއަށް 274 ކިލޯ ހިރޮއިން އެތެރެކުރަން މަސައްކަތްކުރި ބައަކު އަތުލައިގެންފި
ސައުދިއަރަބިޔާއަށް ކަނޑުމަގުން 274 ކިލޯ ހިރޮއިން އެތެރެކުރަން މަސައްކަތްކުރި ބައަކު އަތުލައިގެންފިއެވެ.

ސައުދީ ހޯމް މިނިސްޓްރީން ބުނީ މިމީހުން އަތުލައިގަތީ ކަނޑުމަތިންކަމަށާއި ކޯސްޓްގާޑަށް ޝައްކުކުރެވިގެން ކޯސްޓްގާޑުގެ އުޅަނދުތައް ގޮސް އެހިފައިގެން ދަތުރުކުރި އުޅަނދު ވަށައިލުމުން އެތަކެތި އުފުލި އުޅަނދުގައި ހުރި ހިރޮއިން ބަސްތާތައް ކަނޑަށް އުކައިލީ ކަމަށެވެ.
މިއޮޕަރޭޝަނުގައި ކަނޑުމަތިން 4 މީހަކު އަތުލައިގަނެފައިވާއިރު އެތަކެއްޗާއި ހަވާލުވުމަށް އެއްގަމުގައި ހުރި ޔަމަނުގެ މީހަކުވެސް ފުލުހުން ވަނީ އަތުލައިގެންފައެވެ.

ފުލުހުން ބުނީ ނިމުނު ހިޖުރީ އަހަރު ސައުދީއަށް އެތެރެކުރަން މަސައްކަތްކުރި 30 ޓަނުގެ މަސްތުވާތަކެތި އަތުލައިގަނެވިފައިވާ ކަމަށެވެ. އަދި އެތައް މިލިއަން ގުޅަ ބޭހާއި ކެޕްސޫލް ވެސް އަތުލައިގަނެވިފައިވާ ކަމަށެވެ.
މިއަދު އޮންލައިން