ޗައިނާ އާއި އިންޑިއާ އިން ވިޔަފާރީގެ ފުރުސަތު އިތުރުކޮށް ސަލާމަތީ އެއްބާރުލުން އިތުރުކުރަނީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 1ސ
ޗައިނާ އާއި އިންޑިއާ އިން ވިޔަފާރީގެ ފުރުސަތު އިތުރުކޮށް ސަލާމަތީ އެއްބާރުލުން އިތުރުކުރަނީ
ޗައިނާ އާއި އިންޑިއާ އިން ވިޔަފަރީގެ ގުޅުން އިތުރުކުރުމަށާއި ސަލާމަތާއި ރައްކައުތެރިކަމުގެ ގޮތުން ދެ ޤައުމު ގުޅިގެން އިތުރަށް މަސައްކަތް ކުރުމަށް މަޝްވަރާކޮށްފިއެވެ.

މިކަންކަމަށް މަޝްވަރާ ކުރައްވައިފައިވަނީ ޗައިނާގެ ޕްރީމިއަރ ލީ ކިޔަން އާއި ޗައިނާއަށް މިހާރު ރަސްމީ ދަތުރުފުޅެއް ކުރައްވަމުން ގެންދަވާ އިންޑިާގެ ހޯމް މިނިސްޓަރ ރަޖްނާތް ސިންހް އާއި ދެމެދުގައެވެ.

ލީ ކިޔަން ވިދާޅުވީ އިންޑިއާގެ ކުންފުނިތަކަށް ޗައިނާ އިން މަރުހަބާ ކިޔާނެ ކަމަށާއި ޗައިނާއިން އެދެނީ ޗައިނާގެ ކުންފުނިތަކަށް އިންޑިއާ އިން ވެސް މަރުހަބާ ކިޔައި އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް ކަމަށެވެ.

"އަހަރެމެންނަކީ ގާތް އަވަށްޓެރިން. އަހަރެމެންގެ މެދުގައި އިތުބާރު އޮތުން ވަރަށް މުހިންމު. ވިޔަފާރިތަކަށް ފުރުޞަތުދީ ހިމާޔަތް އޮތްކަން އަންގައިދިނުން މުހިންމު" ކަމަށް ލީ ވިދާޅުވިއެވެ.

ރަޖްނާތް ސިންހް ވިދާޅުވީ ދެ ޤައުމު ގުޅިގެން ބައިނަލްއަޤްވާމީ ކުރިއެރުންތައް ހޯދިފައިވާ ކަމަށާއި ދެޤައުމުގެ މެދުގައި މިހާރުވެސް ވަނީ ގުޅުން އިތުރަށް ބަދަހިކުރެވިފައި ކަމަށެވެ.

ރަޖްނާތް ސިންހް ވިދާޅުވީ ދެ ޤައުމުންވެސް ޤާނޫނުތަކަށް އަމަލުކުރުން މުހިންމު ކަމަށާއި ބޯޑަރު ސަރަހައްދުތަކުގައި އުފެދޭ މައްސަލަތައް ވާހަކަ ދައްކައިގެން ހައްލުކުރުން މުހިންމު ކަމަށެވެ.
މިއަދު އޮންލައިން