ކޮންމެ ހަފްތާއަކު ޢަރަބި ރައްޔިތަކު މަރާނެ ކަމަށް ބުނެ ހުވާކޮށް ޔޫޓިޔުބްގައި ހާމަކުރި ކަމުގެ ތުހުމަތުގައި ކެނެޑާގެ ކުބެކް އިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ އޭނާ ހައްޔަރުކުރިއިރު އެތަނުން، ގޮއްވާލެވޭގޮތަށް ތައްޔާރުކޮށްފައި އޮތް ކުޅޭ ބަޑިއެއް ފެނުނު ކަމަށެވެ.
ކެނެޑާގެ ފުލުހުން ބުނީ ޓެރަރިސްޓުން ބޭނުންވަނީ ހަފްތާއަކު އަރަތްބަކު ކޮންމެ ދުވަހަކު މަރަން ނޫން ކަމަށާއި ޕެރިހުގައި ހިންގި ފަދަ ހަމަލާތައް ދުނިޔޭގެ ކަންކޮޅުތަކުގައި ކޮންމެ ދުވަހަކު ހިންގަން ކަމަށެވެ.
ކެނެޑާގައި ވަނީ މިދިއަ ހަފްތާ ބަންދުގައި ވެސް މިސްކިތެއް އަންދައިލައިފައެވެ. އަންގާރަ ދުވަހު ވަނީ މުސްލިމް އަންހެނަކަށް ހަމަލާދީފައެވެ.
ކެނެޑާއަކީ އިސްލާމް ދީނަސް ފުރައްސާރަކުރުމާއި މުސްލިމުންނަށް އަނިޔާވެރިވުމުގައި އެންމެ ކުރީގައި އޮތް އެއް ޤައުމެވެ.