އިންޑިއާގެ ޓެމިލްނާޑޫއަށް ބޯކޮށް ވާރޭ ވެހި ފެންބޮޑުވެ 100 އަށްވުރެ ގިނަ މީހުން މަރުވެއްޖެއެވެ.
ގިނަ އަދަދެއްގެ މީހުންގެ ގެދޮރު އެކުގައި ނެތިދިއުމުގެ ސަބަބުން ޗީފް މިނިސްޓަރ ޖަޔާ ލަލީތާ ވަނީ ހާލުގައި ޖެހުނު ކޮންމެ ޢާއިލާއަކަށް ހަތަރު ލައްޕަ ރުޕީސް ދެއްވަން ނިންމަވައިފައެވެ. އަދި ގިނަ އަދަދެއްގެ ކުދިން ކިޔަވަން ބޭނުންކުރާ ފޮތްތަކާއި އެހެނިހެން ތަކެތި ހަލާކުވުމުން އެކުދިންނަށް އެތަކެތި ހޯދައިދިނުމަށްވެސް ޖަޔާ ލަލީތާ ވަނީ އަމުރުފުޅު ނެރުއްވައިފައެވެ.