ތުރުކީން ރަޝިއާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ތުރުކީން ރަޝިއާގެ ހަނގުރާމަމަތީ ބޯޓެއް ވައްޓާލައިފި
ތުރުކީ އިން އެޤައުމުގެ ބޯޑަރުގައި އުދުހުނު ރަސިއާގެ ހަނގުރާމަ މަތީ ބޯޓެއް ވައްޓައިލައިފިއެވެ.

ތުރުކީން ބުނީ ރަސިއާގެ އެސްޔޫ 24 ގެ ބޯޓު ވައްޓައިލީ 5 މިނިޓް ތެރޭ 10 ފަހަރަށް ތުރުކީގެ ވައިގެ ސަރަހައްދަށް އެރުމުން ކަމަށެވެ.

ބޯޓު ވެއްޓުމުގެ ކުރިން 2 ޕައިލެޓުން ވަނީ ވައިކުޑައިގައި ފުންމައިލައިފައެވެ. މީޑިއާ ރިޕޯޓްތައް ބުނަނީ އެކަކު އަތުލައިގަތީ އައިއެސްގެ ހަނގުރާމަވެރިން ކަމަށާއި ދެވަނަ މީހާ އަތުލައިގަތީ ބަޝާރުލްސަދަށް ތާއީދުކުރާ ރަސިއާގެ ބައިވެރިން ކަމަށެވެ. ނަމަވެސް އަނެއްބައި ރިޕޯޓްތައް ބުނަނީ އައިއެސްގެ ހަނގުރާމަވެރިންގެ އަތްދަށް ޕައިލެޓަކު ނުދާ ކަމަށާއި އެކަކު މަރުވެފައިވާ ކަމަށެވެ.

ރަސިއާ އިން ވަނީ ބޯޓު ވައްޓައިލިކަން ކަށަވަރުކޮށްދީފައެވެ. ނަމަވެސް ބުނެފައިވަނީ ބޯޓު ހަރަކާތްތެރިވީ ސީރިޔާގެ ވައިގެ ސަރަހައްދުގައި ކަމަށެވެ. ޕައިލެޓުންނާއިމެދު ރަސިއާ އިން އަދި ވަކި ބަހެއް ނުބުނެއެވެ.

ރަސިއާގެ ރައީސް ސިފަކުރައްވައިފައިވަނީ މިއީ އައިއެސްގެ ހަނގުރާމަވެރިންނާ ދެކޮޅަށް ކުރާ މަސައްކަތުގައި ފުރަގަހުން ހަރައިލި ހަންޖަރެއް ކަމަށެވެ.

ސީރިއާގެ މައްސަލައިިގައި ތުރުކީ އާއި ރަސިއާގެ މެދުގައި ވަނީ ޚިޔާލުތަފާތުވެފައެވެ.
މިއަދު އޮންލައިން