ސީރިޔާގައި ހަރަކާތްތެރިވަމުންގެންދާ ހަނގުރާމަވެރިން ރަސިއާގެ ހެލިކޮޕްތަރެއް ވައްޓައިލައިފިއެވެ. ނަމަވެސް ހެލިކޮޕްޓަރުގެ ކްރޫން ވަނީ ސަލާމަތުން ފިލައިފައި ކަމަށް ރިޕޯޓްތައް ބުނެއެވެ.
ރަސިއާ އިން ބުނެފައި ވަނީ ވައްޓައިލި ހެލިކޮޕްޓަރު ހަރަކާތްތެރިވީ ނުފެނިވާ ޕައިލެޓް ހޯދުމަށް ކަމަށެވެ.
ރިޕޯޓްތައް ބުނާގޮތުން ތުރުކީން ވައްޓައިލި ހަނގުރާމަމަތީ ބޯޓުން ވައިކުޑައިގައި ފުންމައިލި ޕައިލެޓަކު ހަނގުރާމަވެރިން ވަނީ މަރައިލައިފައެވެ. އޭނާގެ ވަށައިގެން ގިނަ ހަނގުރާވެރި ޖަމާއަތެއްގެ މީހުން ތިބި ވީޑިއޯތައް ހަނގުރާމަވެރިން ވަނީ ސޯޝަލް މީޑިއާގައި ހާމަކޮށްފައެވެ.
ރިޕޯޓްތައް ބުނާގޮތުން އޮކްޓޯބަރު މަހު އެކަނިވެސް ރަސިއާ އިން ދިން ވައިގެ ހަމަލާތަކުގައި ސީރިޔާގެ ޢާންމު ރައްޔިތުންގެ 400 އަށްވުރެ ގިނަ މީހުން މަރުވެފައެވެ. އަދި އެތައް އިމާރާތްތަކެއް ވަނީ ހަލާކުވެފައެވެ.
އެމެރިކާ އާއި ގުޅިފައިވާ ލަޝްކަރުން އަދި ރަސިއާ އިން އައިއެސްގެ ހަނގުރާމަވެރިންނަށް ހަމަލާތައް ދެމުން ގެންދިއަ ނަމަވެސް ހަނގުރާމަވެރިން ދަނީ ކުރިއަށް ޖެހެމުންކަމަށް ރިޕޯޓްތައް ބުނެއެވެ.