ޤަތަރުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ޤަތަރުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ
ޤަތަރުގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެއެވެ.

ރިޕޯޓްތައް ބުނާ ގޮތުން ބުދަ ދުވަހު ވެހުނު ވާރޭގެ ސަބަބުން މަގުތަކުގައި ފެން ބޮޑުވެ ދަތުރުފަތުރުކުރެވޭވަރު ނުވުމުން ސްކޫލްތަކާއި އޮފީސްތައް ބަންދުކުރަންޖެހުނެވެ. އަދި އަންނަ ހަފްތާއާއި ހަމައަށް އޮފީސްތައް ބަންދުކުރާނެ ކަމަށް ވަނީ ބެލެވިފައެވެ.

17 ބިލިއަން ޔޫރޯ ޚަރަދުކޮށްގެން މިދިއަ އަހަރު ހުޅުވި ދޯހާގެ ޙައްމާދު އިންޓަރނޭޝަނަލް އެއަރޕޯޓަށްވެސް ގެއްލުން ތިބި މަސައްކަތް ހުއްޓުނެވެ. ނަމަވެސް މައްސަލަތައް ހައްލުކޮށް ފްލައިޓުތައް ޖެއްސުން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ރިޕޯޓްތައް ބުނާ ގޮތުން ޤަތަރަށް ވަނީ 66 މިލިމީޓަރުގެ ވާރޭ ވެހިފައެވެ. މިއީ ޤަތަރަށް ރެކޯޑް އަދަދެކެވެ.

ބުދަ ދުވަހު ސައުދިއަރަބިޔާގެ ވެރިރަށް ރިޔާޛްއަށް ވެސް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ސްކޫލްތައް ވަނީ ބަންދުކޮށްފައެވެ. ރިޔާޛްގެ ހައިވޭގައި 2 މީޓަރަށް ފެންހެދި 10 ކާރު އަޑިއަށް ދިއަކަމަށް ރިޕޯޓްތައް ބުނެއެވެ. ނަމަވެސް އެއްވެސް މީހަކު މަރުވި ކަމުގެ ރިPޯޓެއް އަދި ނުލިބެއެވެ.

ރިޠާޛް ކައިރީ ސަރަހައްދުތަކަށްވެސް ބުދަ ދުވަހު ފެންބޮޑުވުމުގެ މައްސަލަތައް ވަނީ ކުރިމަތިވެފައެވެ.
މިއަދު އޮންލައިން