ތުރުކީގެ އިންޓެލިޖެންސް އެޖެންޓުން ސީރިޔާއަށް ހަތިޔާރު އެތެރެކޮށްދޭ ވީޑިއޯއެއް ކަމަށް ބެލެވޭ ވީޑިއޯ އެއް ހާމަކުރި 2 ނޫސްވެރިން ބަންދުކުރުމުން އެތައް ހާސް ބައަކު ތުރުކީގެ ސަރުކާރާއި ދެކޮޅަށް މުޒާހަރާކޮށްފިއެވެ.
ބުރާސްފަތި ދުވަހުން ކޯޓުއަމުރުގެދަށުން ބަންދުކޮށްފައިވަނީ ކަމްހުރިޔަތް ނިޔުސް އެޖެންސީގެ އެޑިޓަރ އިން ޗީފް ކަން ދުންދަރް އާއި އެނޫހުގެ އެޑިޓަރ އަރްދެމް ގުލް އެވެ.
ކޯޓު އަމުރުގައި ވަނީ 2 ނޫސްވެރިން ވަނީ ޕްރޮޕަގެންޑާ ފަތުރައިފައި ކަމަށެވެ.
މުޒާހަރާކުރި އެތައް ހާސް ބައަކު ގޮވަމުން ގެންދިއައީ ތުރުކީގައި ނޫސްވެރިކަމުގެ މިނިވަންކަމެއް ނެތް ކަމަށާއި ކިތަންމެ ބޮޑު ހަޤިޤަތެއް ހާމަކުރި ނަމަވެސް ސަރުކާރުން ނޫސްވެރިން ބަންދުކުރަމުން ގެންދާ ކަމަށެވެ. އަދި ރައީސް އުރްދްގާންގެ ސަރުކާރަކީ ނޫސްވެރިކަމުގެ މިނިވަންކަން ދޭނެ ސަރުކާރެއް ނޫން ކަމަށެވެ.
2 ނޫސްވެރިން ހައްޔަރުކުރުމާއި ގުޅިގެން އިދިކޮޅު ފަރާތްތަކުން ގެންދަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔައި ނޫސްވެރިކަމުގެ މިނިވަންކަން ވީހައި ފުޅައު ދާއިރާއެއްގައި ދިނުމަށް ގޮވައިލަމުންނެވެ.