ފެށިފައިވާ މޫސުމުގައި 6 މިލިއަން މީހުން ޢުމުރާ ވާނެ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ފެށިފައިވާ މޫސުމުގައި 6 މިލިއަން މީހުން ޢުމުރާ ވާނެ
މިހާރު ފެށިފައިވާ މޫސުމުގައި 6 މިލިއަން މީހުން އުމުރާވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށާއި އަދި މިއަށްވުރެ އިތުރުވާނެ ކަމަށް ޤަބޫލުކުރެވޭ ކަމަށްވެސް ސައުދީ ހައްޖު މިނިސްޓްރީން ބުނެފިއެވެ.

ޙައްޖު މިނިސްޓްރީން ބުނެފައިވަނީ އުމުރާ ވުމަށް ކިތަންމެ ގިނަ ބައަކު އައި ނަމަވެސް އެމީހުންނަށް މަރުހަބާ ކިޔައި ފުރުމާއި ހަމައަށް އެމީހުންނަށް ބޭނުންވާ ޚިދުމަތްތައް ފޯރުކޮށްދެވޭ ވަރަށް މިނިސްޓްރީގައި މުވައްޒިފުން އިތުރުކޮށްފައިވާ ކަމަށެވެ.

ހައްޖު މިނިސްޓްރީން ބުނެފައިވަނީ އެމިނިސްޓްރީގެ އަމާޒަކީ ސައުދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ބޭނުންފުޅުވާ ފެންވަރަށް އުމުރާވުމަށް އަންނަ ﷲގެ މެހްމާނުންނަށް ޚިދުމަތް ކުރުން ކަމަށެވެ.

ސަލްމާން ރަސްގެފާނު ވިދާޅުވެފައިވަނީ އެމަނިކުފާނުގެ ބޭނުންފުޅަކީ ޙައްޖާއި އުމުރާ ވުމަށް ދާ އެންމެންނަށް ވީހައި ފުރިހަމަ ޚިދުމަތެއް ފޯރުކޮށްދެއްވުން ކަމަށެވެ. އުފުލަންޖެހޭ ތަކްލީފްތައް ވީހައި ކުޑަކުރެއްވުން ކަމަށެވެ.

މިގޮތުން ހަރަމްފުޅާއި ހަރަމްފުޅުން ބޭރުގައިވެސް މިހާރުވެސް ވަނީ ގިނަ ޚިދުމަތްތަކެއް ޤާއިމުކޮށްފައެވެ. އެތައް ބިލިއަން ޑޮލަރެއްގެ މަޝްރޫއުތައް މިހާރުވެސް އެބަ ކުރިއަށް ގެންދެއެވެ.
މިއަދު އޮންލައިން