ޑޮކްޓަރުންގެ މައްސަލަތައް ބެލުމަށް ޚައްޞަ ކޯޓެއް ހުރުން މުހިންމު: ވަކީލުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 55ސ
ޑޮކްޓަރުންގެ މައްސަލަތައް ބެލުމަށް ޚައްޞަ ކޯޓެއް ހުރުން މުހިންމު: ވަކީލުން
ޑޮކްޓަރުންގެ ކިބައިން މެދުވެރިވާ މައްސަލަތައް ބެލުމަށް ޚާއްޞަ ކޯޓެއް ހުރުމަކީ މުހިންމު ކަމެއް ކަމަށް ސައުދީ ޤާނޫނީ ވަކީލުންގެ ޓީމަކުން ހާމަކޮށްފިއެވެ.

ޤާނޫނީ ވަކީލުން ބުނަނީ ޑޮކްޓަރުންނަށް ކުރެވޭ ކުށްތަކުގެ މައްސަލަތައް އާންމު ޝަރުޢީ ކޯޓުތަކަށް ހުށަހެޅުމުން ނުކުންނަ މައްސަލަތަކެއް ހުންނަ ކަމަށެވެ.

ވަކީލުން ބުނަނީ ޞިއްޙީ ގޮތުން ދިމާވާ ކުށުގެ މައްސަލަތައް ބަލަން ޖެހޭނީ ލިޔެފައި ހުންނަ ރިޕޯޓްތަކަށް ބަލައިގެން ނޫން ކަމަށާއި ރިޕޯޓްތައް ބަލަންޖެހޭނީ ރިޕޯޓްތަކުގައި ހުންނަ މައްސަލަތައް ރަނގަޅަށް އެނގޭ ބައަކު ކަމަށެވެ.

"ހަމަ މިހެންވީ ކަމަށް ބަލައި ޝަރުޢީ ޙުކުމް ނެރުމުން ނެރެވެނީ އެންމެ އިންސާފުވެރި ޙުކުމެއް ނޫން. އިންސާފުވެރި ޙުކުމެއް ނެރެވޭނީ ޞިއްޙީ ކަންކަމުގެ މައުލޫމާތު ފަނޑިޔާރުންގެ ކިބައިގައި ހުރެގެން."

ޑޮކްޓަރުންނަށް ކުރެވޭ ކުށް މަދު ކުރުމަށްޓަކައި ޑޮކްޓަރުންނަށް ބޭނުންވާ ވަސީލަތްތައް ފުރިހަަމަކޮށްދިނުމާއިއެކު މަސައްކަތް ނުކުރެވޭ ވަރަށް ޑޮކްޓަރުން ލައްވައި ނުކުރުވުމަކީވެސް މުހިންމު ކަމެއް ކަމުގައި ވަކީލުން ވަނީ ފާހަގަކޮށްފައެވެ.
މިއަދު އޮންލައިން