ޗައިނާގެ ރައީސް ޒީޖިންޕިން ޒިމްބާބްވޭއަށް ވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 53ސ
ޗައިނާގެ ރައީސް ޒީޖިންޕިން ޒިމްބާބްވޭއަށް ވަޑައިގެންފި
ޗައިނާގެ ރައީސް ޒީ ޖިންޕިން ރަސްމީ ދަތުރުފުޅެއްގައި ޒިމްބާބްވޭއަށް ވަޑައިގެންފިއެވެ.

ރައީސް ޒީ ޖިންޕިންގެ މިދަތުރުފުޅަކީ ދެ ޤައުމުގެ މެދުގައި އިތުރަށް ގުޅުން ބަދަހިކުރުމަށާއި ދެ ޤައުމު ގުޅިގެން ކުރެވެން ހުރި ކަންކަން ބެއްލެވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގައި ޒިމްބާބްވޭގެ އުމްރާނީ ތަރައްޤީއަށް ޗައިނާއިން އެހީވެދިނުމަށް މަޝްވަރާކުރައްވަން ހަމަޖެހިފައިވާއިރު ޗައިނާގެ އިތުރު އިންވެސްޓްމަންޓްތަކަށް ޒިމްބާބްވޭ އިން ފުރުޞަތު ފަހިކުރުމަށް މަޝްވަރާ ކުރުމަށް ވެސް ވަނީ ހަމަޖެހިފައެވެ.

ޗައިނާ އާއި ޒިމްބާބްވޭގެ މެދުގައި ސިޔާސީ ގުޅުން އުފެދިފައިވަނީ މީގެ 35 އަހަރު ކުރިންނެވެ، ޗައިނާ އިން ދެކެނީ ޒިމްބާބްވޭ އަކީ އެފްރިކާގެ ޤައުމުތަކުގެތެރެއިން ޗައިނާގެ އެންމެ ގާތް އެކުވެރި އެއް ޤައުމުގެ ގޮތުގައެވެ.

ރައީސް ޒީ ޖިންޕިންގެ މި ދަތުރުފުޅަކީ 1996 ގެ ފަހުން ޗައިނާގެ އެންމެ އިސްވެރިއަކު ޒިމްބާބްވޭއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. އެހެންކަމުން މިދަތުރުފުޅުވެގެންދާނީ ގިނަ ގޮތްގޮތުން ވަރަށް ތާރީޚީ ދަތުރުފުޅަކަށެވެ.
މިއަދު އޮންލައިން