ހައްދުފަހަނައަޅައިފައި ތިބި ޔަހޫދީންތަކެއް އިޒްރޭލު ސިފައިން ހައްޔަރުކޮށްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ހައްދުފަހަނައަޅައިފައި ތިބި ޔަހޫދީންތަކެއް އިޒްރޭލު ސިފައިން ހައްޔަރުކޮށްފި
ވެސްޓް ބޭންކުގައި ހުރި ފަލަސްޠީނގެ ގެއަކަށް އަލިފާން ބޮމެއް އެއްލައި ތުއްތު ކުއްޖަކާއި އޭނާގެ މަންމަ މަރައިލި ހާދިސާ އާއި ގުޅިގެން ހައްދުފަހަނައަޅައިފައި ތިބި ޔަހޫދީީންތަކެއް އިޒްރޭލު ސިފައިން ހައްޔަރުކޮށްފިއެވެ.

އިޒްރޭލުން މިކަން މިކުރީ ޖުލައި މަހު ދިން ހަމަލާތަކާއި ގުޅިގެން އިޒްރޭލަށް ދުނިޔޭގެ ޕްރެޝަރ ބޮޑުވުމުންނެވެ. އދގެ އިންސަނީ ހައްޤުތަކާ ބެހޭ މަންދޫބު މިކަންކަމަށް ބުދަ ދުވަހު އިންތިހާއަށް ފާޑު ކިޔުމާއި ގުޅިގެން އަނދުން އެޅުވުމަށެވެ.

އިޒްރޭލު ފުލުހުން ބުނަނީ އެ ހަމަލާތައް ދިނީ ޔަހޫދީންގެ ހައްދުފަހަނައަޅައިފައިވާ ޓެރަރިސްޓުންތަކެއް ކަމަށާއި އެ އެންމެން ހޯދަން މަސައްކަތްކުރަމުން ގެންދާ ކަމަށެވެ.

ތުއްތު ކުއްޖާ މަރުވި މައްސަލަ އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ގިނަ ޖަމިއްޔާތަކުގެ ސަމާލުކަމަށް އައިސްފައި ވުމުން އެކަންކަމުގައި އަނދުން އަޅުވަން މިފަދަ ބަހަނާތައް ދެއްކި ނަމަވެސް އާންމު ގޮތެއްގައި އިޒްރޭލު ފުލުހުން ހަދާ ގޮތަކީ ނަމެއްގައި މީހުން ހައްޔަރުކުރާ ކަމަށް ދެއްކުމަށްފަހު ވަލު ދޮރާށިން ނެރެ މިނިވަން ކުރުމެވެ. ދުވަސްކޮޅަކަށް ތަނންކޮޅެއް ދުރު ސަރަހައްދެއްގައި ބެހެއްޓުމެވެ.

އިޒްރޭލުގެ މިފަދަ އަނިޔާވެރި، މަކަރުވެރި ރޭވުންތައް ބަލައި ޗެކުކުރުމަށް ދުނިޔެ ވަނީ ނުކުޅެދިފައިކަން އިންސާނީ ހައްޤުތަކަށް މަސައްކަތްކުރާ ޖަމާއަތްތަކުން ދަނީ ފާހަގަކުރަމުންނެވެ.
މިއަދު އޮންލައިން