އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އިތުރު 4 މެޗް ކުޅެފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 59ސ
އެސްޓީއޯ ހޯމް އިމްޕްރޫވްމަންޓް ބަށި މުބާރާތުގެ އިތުރު 4 މެޗް ކުޅެފި
އެސްޓއޯ ހޯމް އިމްޕްރޫވްމަންޓް ބަށިި މުބާރާތުގެ އިތުރު 4 މެޗް ކުޅެފިއެވެ.

ރޭ ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ރިއަލް އައިލަންޑް ޓީމާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމެވެ. މިމެޗް 30 ލަނޑު 9 ފޯލި/ 33 ލަނޑު 4 ފޯލިން ކާމިޔާބުކުރީ ރިއަލް އައިލަންޑްގެެ ޓީމެވެ،

ރޭ ކުޅުނު ދެވަނަ މެޗްގައި ބައްދަލުކޮށްފައި ވަނީ ގުލްސަންޕާ ޓީމާއި ފީއަލި ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމެވެ. މިމެޗް 22 ލަނޑު 10 ފޯލި/ 38 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ފީއަލި ޑިވޮލޮޕްމަންޓް ސޮސައިޓީގެ ޓީމެވެ.

މިއަދު ހެނދުނު ކުޅުނު ފުރަތަމަ މެޗްގައި ބައްދަލުކޮށްފައި ވަނީ ހުޅުމާލެ ވިމަންސް ސްޕޯޓްސްގެ ޓީމާއި ވައިލެޓް ޓީމެވެ. މިމެޗް 20 ލަނޑު 11 ފޯލި/ 44 ލަނޑު 0 ފޯލިން ކާމިޔާބުކުރީ ހުޅުމާލެ ވިމަންސް ސްޕޯޓްސްގެ ޓީމެވެ.

މިއަދު ހެނދުނު ކުޅުނު ދެވަނަަ މެޗްގައި ބައްދަލުކޮށްފައި ވަނީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމާއި ކުރިމަގު ޓީމެވެ. މިމެޗް 20 ލަނޑު 11 ފޯލި/ 36 ލަނޑު 1 ފޯލިން ކާމިޔާބުކުރީ މަހިބަދޫ ސްޕޯޓްސް ކްލަބުގެ ޓީމެވެ،

މިއަދު ހަވީރާއި މިރޭ ވެސް މުބާރާތުގެ ކުޅުން ކުރިއަށް ގެންދާނެއެވެ.
މިއަދު އޮންލައިން